2024 ވަނަ އަހަރު ކަލާފާނުން 1ވަނަ އުމަރަށް، 2ވަނަ ޢައިންއާއި ލައިޝްއަށް 3ވަނަ ޒަލަފަށް

2024ވަނަ ދިރާސީ އަހަރު ކަލާފާނު ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ޢުމަރު ޞަބާޙް ޝަރީފު ހޯދައިފިއެވެ.  ދެވަނަ ލިބުނީ މަރިޔަމް ޢައިން ޢަލީ އަދި މުޙައްމަދު ލައިޝް ޔާސިރު އަށެވެ. އަދި ތިންވަނަ ހޯދީ ޙުސައިން ޒަލަފް އިބްރާހީމް ޝިހާބެވެ.

ކަލާފާނު ސްކޫލްގެ 2024ވަނަ ދިރާސީ އަހަރުގެ އިނާމްދިނުމުގެ ޖަލްސާ ބޭއްވީ މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ގައެވެ.

ކަލާފާނު ސްކޫލުން 1ވަނަ ލިބުނު އުމަރު ވަނީ، ސާނަވީ ނިންމާ އިމްތިޙާނުތަކުން އަށް މާއްދާއިން އޭ ސްޓަރ ހޯދައިގެން ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދާފައެވެ. 2024ވަނަ ދިރާސީ އަހަރު ކަލާފާނު ސްކޫލުގެ ކެޕްޓަނަކީ ވެސް އޭނާއެވެ.

ދެވަނަ ލިބުނު އައިން އަދި ލައިޝްއަށް ސާނަވީ ނިންމާ އިމްތިޙާނުތަކުން ލިބުނީ ޤައުމީ ގަދަ ދިހައެއްގެ ތިންވަނައެވެ. ތިންވަނަ އަށް ދިޔަ ޒަލްފަށް ސާނަވީ ނިންމާ އިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގެ ދެވަނަ ލިބިފައިވެއެވެ.

މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާރސިޓީގެ ސެންޓަރ ފޮރ ރިސާޗް އެންޑް ޕަބްލިކޭޝަންސް، ޑރ. އާމިނާތު ޝާފިޢާ އާދަމެވެ.

ރަސްމިއްޔާތުގައި ދަރިވަރުންނާ މުޚާޠަބުކުރައްވައި ޝަރަފްވެރިމެހެމާން ދެއްކެވި ވާހަކަފުޅުގައި، ކާމިޔާބު ލިބެ ދަރިވަރުން އަބަދުވެސް އެ ލިބުނު އިލްމު އެހެން މީހުންނަށް ފޯރުކޮށްދިނުމަށާއި ކާމިޔާބުގެ ވަގުތުގައިވެސް ހިތްތިރިކަން އިސްކުރުމަށް ގޮވާލައްވާފައެވެ. އަދި ކާމިޔާބީއަކީ ނިމުމެއް އޮތް ކަމެއް ނޫންކަމަށާއި އަބަދުވެސް ލިބުނު ކާމިޔާބީން ދެން އޮތް މަރުހަލާއަށް ދާން މަސައްކަތްކުރަންވާނެކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން ޢިލްމު ހޯދުން ހުއްޓާނުލުމަށް ނަސޭހަތްތެރިވެލެއްވެވިއެވެ.

ރަސްމިއްޔާތުގައި ސްކޫލްގެ ޕްރިންސިޕަލް ވަނީ ޒިންމާދާރު ދަރިންތަކަކަށް ވުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެ ވަޑައިގެންނަވާފައެވެ. ކޮންމެ ދަރިވަރަކު ވެސް އެކުއްޖެއްގެ ބަސްމަގާއި އަމަލާއި އުޅުމާއި އުނގެނުމުގެ ޒިންމާ ކޮންމެ ދަރިވަރަކުވެސް ފުރިހަމައަށް އުފުލަންވާނެކަމަށާއި ﷲ ދެއްވާފައިވާ ނިޢުމަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ ޒިންމާ ކޮންމެ ދަރިވަރަކުވެސް އުފުލަންވާނެކަމަށް ވެސް ވިދާޅުވިއެވެ. އަދި ކުރިމަގު ހެޔޮގޮތުގައި ބިނާކޮށް ގައުމަށް ފައިދާހުރި ދަރިންތަކަށް ވުމަށް އެންމެހައި ދަރިވަރުންނަށް ގޮވައިލެއްވިއެވެ.

މިރަސްމިއްޔާތުގައި މި ނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ، އެޑިޔުކޭޝަން ސްޕްރިންޓެންޑެންޓް، އިސްމާޢީލް ސަޢުދުﷲގެ އިތުރުން އެމިނިސްޓްރީގެ ބައެއް އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *