މިދިޔަ އަހަރުގެ ދެވަނަ ޓާމުގައި ސެޓްފިކެޓް ލެވެލްގެ ކޯސްތައް ނިންމި ދަސްވެނީންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)އިން މިއަދު ބާއްވައިފިއެވެ.
ދެވަނަ ޓާމުގައި 418 ދަރިވަރުން ސެޓްފިކެޓް ލެވެލްގެ ކޯސްތައް ފުރިހަމަކޮށް ސެޓްފިކެޓް ހޯދިއެވެ.

ދެވަނަ ޓާމުގައި ހަތް ކޯހަކުން ސެޓްފިކެޓް ލެވެލްގެ ކޯސްތައް ދަރިވަރުން ނިންމިއިރު، ސެޓްފިކެޓް ލެވެލްގެ ކޯސްތައް ނިންމި ދަރިވަރުން އެންމެ ގިނައިން ދަސްވެނިވީ، ކުއްލިއްޔާ އޮފް އަރަބިކް ލޭންގުއޭޖުންނެވެ. އެ ފެކަލްޓީން ހިންގި އަރަބި ބަސް ދަސްކޮށްދޭ އެކި ކޯސްތަކުން 215 ދަރިވަރުން ސެޓްފިކެޓް ލެވެލްގެ އެކި ކޯސްތައް ނިންމައި ސެޓްފިކެޓް ހޯދިއެވެ. ދެން އެންމެ ގިނަ ދަރިވަރުން ދަސްވެނިވީ، ކުއްލިއްޔާ އޮފް ޤުރްއާން އެންޑް ސުންނާއިންނެވެ. 150 ދަރިވަރުން އެ ފެކަލްޓީން ދަސްވެނިވިއިރު، ކުއްލިއްޔާ އޮފް އިސްލާމިކް ރިވިލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސްއިން 25 ދަރިވަރުން ދަސްވެނިވިއެވެ. ދެން ހިމެނެނީ، ކުއްލިއްޔާ އޮފް ޝަރީއާއިން ލޯ އިން ދަސްވެނިވި 11 ދަރިވަރުންނާއި ކުއްލިއްޔާ އޮފް އެޑކިޔުކޭޝަނުން ދަސްވެނިވި އެއް ދަރިވަރަކާއި ސެންޓަރ ފޯ ކޮންޓިނިއުއިން އެޑިޔުކޭޝަނުން ދަސްވެނިވި 16 ދަރިވަރުންނެވެ.

ކޯސްތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ދެވަނަ ޓާމުގައި އެންމެ ގިނަ ދަރިވަރުން ފުރިހަމަކުރީ ސެޓްފިކެޓް ލެވެލް 1ގެ ކޯސްތަކެވެ. އެއީ 205 ދަރިވަރުންނެވެ. ސެޓްފިކެޓް ލެވެލް 3ގެ ކޯސްތައް 88 ދަރިވަރުން ނިންމައި ސެޓްފިކެޓް ހޯދިއިރު، ސެޓްފިކެޓް ލެވެލް 2 ނިންމީ 84 ދަރިވަރުންނެވެ. ސެޓްފިކެޓް ލެވެލް 4 ފުރިހަމަކުރީ 39 ދަރިވަރުންނެވެ. މީގެ އިތުރުން ޑިޕްލޮމާ ލެވެލް ނިންމި ދެ ދަރިވަރަކަށް ވެސް މިއަދުގެ ހަފްލާގައި ސެޓްފިކެޓް ހަވާލުކޮށްފައިވެއެވެ.
advertisment
ހިޔާލު