އޭލެވެލްއަށް ވަނުމަށް ގިނަ އަދަދެއްގެ ދަރިވަރުން އަދިވެސް ހުށަހަޅަމުންދާތީ، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން ކުރިން ކަނޑައަޅާފައިވާ އަދަދަށް ވުރެ ޖާގަ އިތުރުކުރުމަށް ފަހު ފޯމު ހުށެހެޅުމުގެ ފުރުސަތު އިތުރުކޮށްފިއެވެ.
ޖާގަ އިތުރުކުރެވިފައިވާ މާއްދާތައް:
- ބަޔޮލޮޖީ، ކެމިސްޓްރީ، ފިޒިކްސް އަދި މެތަމެޓިކްސްގެ އެއް ކުލާސް (މާއްދާއަކުން 25 ޖާގަ)
- ބިޒްނަސް، އިކޮނޮމިކްސް، އެކައުންޓިންގެ އެއް ކުލާސް (މާއްދާއަކުން 25 ޖާގަ)
- ޕިއަސަން ޑިޕްލޮމާ ބިޒިނަސް 10 ޖާގަ
- ޕިއަސަން ޑިޕްލޮމާ ހޮސްޕިޓަލިޓީ 10 ޖާގަ
- ޕިއަސަން ޑިޕްލޮމާ އިންޖިނިއަރިން 10 ޖާގަ
- ޕިއަސަން ޑިޕްލޮމާ އެޕްލައިޑް ސައިންސް 10 ޖާގަ
- ޓްރެވަލް އެންޑް ޓޫރިޒަމްގެ 20 ޖާގަ
- ޑިޖިޓަލް މީޑިއާ އެންޑް ޑިޒައިން 5 ޖާގަ
- ކޮމްޕިއުޓަރ ސައިންސް 11 ޖާގަ
- އިންފޮމޭޝަން ޓެކްނޮލޮޖީގެ 3 ޖާގަ
އިތުރު މާއްދާތަކުން ސްކޫލުގައި ޖާގަ ހުރިމިންވަރަކުން ފުރުސަތު ދެވޭނެއެވެ. މާއްދާތަކުގެ ތަފްސީލު ސްކޫލުގެ ވެބްސައިޓުން ފެންނާނެއެވެ.
މި ހުޅުވައިލި ފުރުސަތުގެ ބޭނުން ހިފާ، ވީހާވެސް އަވަހަކަށް ފޯމް ހުށަހެޅުމަށް އެ ސްކޫލުން އިލްތިމާސްކުރެއެވެ. އެ ސްކޫލުން މައުލޫމާތުދޭ ގޮތުގައި މިހާރުވެސް ގިނަ އަދަދެއްގެ ދަރިވަރުން ވަނީ އެންރޯލްވެފައެވެ. ކިޔަވަން ބޭނުންވާ މާއްދާތަކަށް ފުރުސަތު ލިބޭނީ ދަރިވަރުން ފޯރމް ހުށަހަޅާ ތަރުތީބުންނެވެ. ފޯމް ހުށަހަޅުމުގެ ފުރުސަތު ހުޅުވައިލެވިފައިވަނީ އޮންލައިންކޮށެވެ.
ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް އަކީ ދަރިވަރުންނަށް ގިނަގުނަ ފުރުސަތުތައް ފަހިކޮށްދީފައިވާ ސްކޫލެކެވެ.
ސްކޮލަރޝިޕްގެ ފުރުސަތު
ޤާސިމް އިބްރާހިމް ސްކޮލާރޝިޕް ފޯރ އެކްސެލެންސް.
- މިސްކޮލާރޝިޕްގެ ދަށުން މިއަހަރު އޯލެވެލް އިމްތިޙާނުން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޯދައިފައިވާ ދަރިވަރުންނަށް ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން އިން ހިލޭ ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ބްރިލިއަންސް ސްޓޫޑަންޓް ސްކޮލަރޝިޕް
– ކިޔެވުމުގެ ނަތީޖާއަށް ބަލައި، ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ދަރިވަރުންނަށް ދެވޭ ޓިއުޝަން ފީގެ އިނާޔަތްދެވޭނެއެވެ. .
ސްޕޯޓްސް ސްކޮލަރޝިޕް
– ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތައް ހޯދާފައިވާ ދަރިވަރުންނަށް ދެވޭ ޓިއުޝަން ފީގެ އިނާޔަތްދެވޭނެއެވެ.
މި ސްކޮލަރޝިޕްތަކުގެ މައިގަނޑު މަގުސަދަކީ ހުނަރުވެރި އަދި ހީވާގި ދަރިވަރުންގެ މަސައްކަތްތައް ބަލައިގަނެ، އެކުދިންގެ ތައުލީމީ ދަތުރުގައި އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި މިއީ އެ ދަރިވަރުންގެ ކިބައިގައިވާ ފުރިހަމަ ޤާބިލިއްޔަތު ދެނެގަނެ، އެކުދިންގެ ކުރިމަގު އުޖާލާކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ދެވޭ ފުރުސަތުތަކެކެވެ.
އޭލެވެލް އަށް އަލަށް ގުޅޭ ދަރިވަރުންގެ ކިޔެވުން ފެއްޓުމަށް ހަމަޖެހިފައިވަނީ 7 ޖޫން 2026 ގައެވެ.
އެޕަލި ކޭޝަން: https://dhasvehi.vihs.edu.mv/mod/book/view.php?id=12664&chapterid=16
2026 ވަނަ އަހަރު ހުޅުވާލެވުނު ޖާގަ: https://dhasvehi.vihs.edu.mv/mod/book/view.php?id=12664&chapterid=18
މާއްދާތަކުގެ ތަފްސީލު: https://dhasvehi.vihs.edu.mv/mod/book/view.php?id=12664&chapterid=10
ސްކޮލަރޝިޕް އުސޫލު: https://dhasvehi.vihs.edu.mv/mod/book/view.php?id=12664&chapterid=17
advertisment
ހިޔާލު