16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

16 އަހަރުން ދަށުގެ ކުދިންނަށް މީސްމީޑިއާގެ ބައެއް މަންސަތައް ބޭނުންކުރުން މަނާކުރަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިޢުލާނު ކުރައްވައިފިއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ދިވެހި މުޖުތަމަޢަކީ އިސްލާމީ ރިވެތި އުޞޫލުތަކާއި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ގުޅުން ބަދަހި ކުޑަ މުޖުތަމަޢެއް ކަމަށާއި މުޖުތަމަޢުގައި ހުރި މައްސަލަތައް ޙައްލުކުރަން ޚާއްޞަ އިސްކަމެއް ދޭންޖެހޭ ކަމަށެވެ.
16 އަހަރުން ދަށުގެ ކުދިންނަށް މީސްމީޑިއާގެ ބައެއް މަންސަތައް ބޭނުންކުރުން މަނާކުރަނީ އެއީ ޒުވާނުންގެ ރައްކާތެރިކަމަށްޓަކައި އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. އެއީ ބެލެނިވެރިންގެ އޮތް ބޮޑު ކަންބޮޑުވުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވީ، އެ މައްސަލައަށް ހައްލެއް ހޯދަން ދުނިޔޭގެ އެހެން ޤައުމުތަކުގައި ގެންގުޅޭ އުޞޫލުތަކަށް ރިޢާޔަތް ކުރަން ވެސް ޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ، ކުޑަކުދިން މިހާރު ސޯޝަލް މީޑިއާގެ ނުރައްކާތަކަށް ހުށަހެޅިފައިވާ ކަމަށާއި 'ސައިބަރ ބުލީންގ’އަކީ، ކުދިންގެ މުސްތަޤުބަލަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *