ފުލްބްރައިޓް ފޮރިން ސްޓޫޑެންޓް ޕްރޮގްރާމްގެ ދަށުން އެމެރިކާ ސަރުކާރުން ރާއްޖެއަށް ދިން ސްކޮލަރޝިޕަށް ހުޅުވާލައިފިއެވެ. މާސްޓަރސްއަށް ކިޔަވަން ދޭ މި ސްކޮލަރޝިޕްގެ ދަށުން އެމެރިކާގެ ޔުނިވަރސިޓީއެއްގައި ކިޔަވަން ފަށާނީ 2027 ވަނަ އަހަރުގެ ފަހުކޮޅުއެވެ.
މި ސްކޮލަރޝިޕަށް އަންނަ ޖުލައި މަހުގެ 16 ގެ ކުރިން ފޯމް ހުށައަޅަން ޖެހޭއިރު، ޖޫން މަހުގެ 8ވަނަ ދުވަހު މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވަން ވަނީ ނިންމާފައެވެ. އޮންލައިންކޮށް ކުރިއަށް ގެންދާ އެ ސެޝަންގައި ބައިވެރި ވެވޭނީ ކުރިން ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
އެމެރިކާގެ ފުލްބްރައިޓް ސްކޮލަޝިޕްގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ، ރާއްޖޭގައި ދިރިއުޅޭ ދިވެއްސަކަށް ވުމާއި، ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ ފަރާތަކަށް ވުމާއި އިނގިރޭސިބަހަށް ފަރިތަވުމުގެ އިތުރުން (ބަސް ދަންނަ ވަރު ބަލަން ކުރާ އިމްތިހާނަކުން ފާސްވުން) ސްޓަޑީ ޕްލޭނަކާއި ރިކޮމެންޑޭޝަންތަކާ އެކު އޮންލައިންކޮށް އެޕްލިކޭޝަނެއް ހުށަހެޅުމެވެ.
ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީން މި މަހުގެ 3 ވަނަ ދުވަހު ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން މި ސްކޮލަރޝިޕްގެ ހުރިހާ ހަރަދެއް އެމެރިކާގެ ސަރުކާރުން ހަމަޖައްސައިދިން ނަމަވެސް އެމެރިކާއަށް ދަތުރުކުރުމުގައި ދަތިތައް ކުރިމަތިވެދާނެ ކަމަށެވެ. ދިމާވެދާނެ ދަތިތައް ކަމަށް އެމްބަސީން ފާހަގަކޮށްފައިވަނީ ސިއްހީ މައްސަލަތަކާއި ކޮންސިއުލާ ހިދުމަތްތަކަށް ބުރޫ އެރުން ފަދަ އެމެރިކާ ސަރުކާރުން ކަނޑައަޅާ ސިޔާސަތުތައް ފަދަ ސަބަބުތަކެވެ.
advertisment
ހިޔާލު