އެލީޓް ރަނަރސް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން މިއަދު ހެނދުނު ބޭއްވި "އެލައިޑް ހުޅުމާލެ ރަން 2026″ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ހުޅުމާލޭގައި ކުރިއަށްދިޔަ މި ރޭހުގައި 1 ކިލޯމީޓަރުގެ ފެމިލީ ރަން، 5 ކިލޯމީޓަރ ދުވުން، 10 ކިލޯމީޓަރު ދުވުން އަދި 21.1 ކިލޯމީޓަރުގެ ހާފް މެރެތަން ކުރިއަށް ގެންދިޔައެވެ.
އެލައިޑްސް ކޮމްޕްލިމެންޓްރީ ގްރޫޕް ޕާސަނަލް އެކްސިޑެންޓް ކަވަރގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ދުވުންތެރިންނަށް 100،000 ރުފިޔާއާ ހަމައަށް އެކްސިޑެންޓަލް ކަވަރޭޖް ދީފައިވެއެވެ.
ދުވުން ނިމުމާއެކު، ހާފް މެރެތަން ކެޓަގަރީން 5 ކިލޯމީޓަރާއި 10 ކިލޯމީޓަރު އަދި 21.1 ކިލޯމީޓަރުގެ ހާފް މެރެތަން ކެޓަގަރީން ކާމިޔާބުކުރި ފަރާތްތަކަށް އިނާމު ވަނީ ހަވާލުކޮށްފައެވެ.

އެލައިޑް ހުޅުމާލެ ރަން 2026 ވަނަތައް ޙާޞިލްކުރި ފަރާތްތައް:
ހާފް މެރެތަން ފިރިހެން
1 ވަނަ: މުހައްމަދު ޝިފާޒް
2 ވަނަ: ޔޫސުފް އިބްރާހީމް.
3 ވަނަ: ތިޓިވަޓް ކޫސަކުލް
ހާފް މެރެތަން އަންހެން
1 ވަނަ: ޕެޓްޗަރަޓް ކްލާޑޯއި
2 ވަނަ: ޢާއިޝަތު ޖިނާނީ އިބްރާހީމް
3 ވަނަ: ޢާއިޝަތު ރިޝްމީ
10 ކިލޯމީޓަރު ދުވުން ފިރިހެން
1 ވަނަ: ހުސައިން ފަޒީލް
2 ވަނަ: މުހައްމަދު އިރުފާން
3 ވަނަ: ސަތަޕޯން އަކަތަމް
10 ކިލޯމީޓަރު ދުވުން އަންހެން
1 ވަނަ: ކަންލަޔާ ސަންކާވް
2 ވަނަ: ކަމޮންވާން ކޮއެޑްނައިމޮންގްޚޮން
3 ވަނަ: އަނާން އަޙްމަދު ރަޝީދު.

5 ކިލޯމީޓަރ ދުވުން ފިރިހެން
1 ވަނަ: އައިދު އަބްދުالله ރިފާއު
2 ވަނަ: މޫސާ ފަވާޒް
3 ވަނަ: މުހައްމަދު ފަސީލް
5 ކިލޯމީޓަރ ދުވުން އަންހެން
1 ވަނަ: ކްލާރާ ސަރީނާ އާސިފް
2 ވަނަ: އައިޝަތު ރިޝްމީ
3 ވަނަ: ކިއާރާ އަފްރާހް ގާސިމް

މުބާރާތުގެ ވަނަތަކުގެ އިތުރުން ނަސީބުވެރި 10 ފަރާތެއް ހޯދާ ކޮންމެ ފަރާތަކަށް 2000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހަވާލުކޮށްފައެވެ.
އެލައިޑް ހުޅުމާލެ ރަން 2026 ކާމިޔާބު ކުރުމަށް އެލައިޑް ރަނަރސް މޯލްޑިވްސްގެ ބައިވެރިންނަށާއި، ވޮލަންޓިއަރުންނަށާއި، ޕާޓްނަރުންނަށާއި، ސަޕޯޓަރުންނަށް އެލައިޑް އިންޝުއަރެންސް ކުންފުނިން ޝުކުރެއެވެ.
advertisment
ހިޔާލު