މިއަހަރު ބޭއްވި ކެމްބްރިޖް އޯލެވެލް އިމްތިޙާނުގައި ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލުގެ ދެ ދަރިވަރުން ޤައުމީ ގަދަ ދިހައަކުން އެއްވަނަ ހޯދައިފިއެވެ. އެއްވަނަ ހޯދީ އާމިނަތު ނޯޔާ ސަމީހު އާއި އައިޝާ ލީމް އަޙްމަދެވެ. ނޯޔާ ވަނީ ނުވަ މާއްދާއިން އޭ ސްޓަރ ހޯދާފައެވެ. ލީމް ވަނީ ނުވަ މާއްދާއިން އޭ ސްޓަރ ހޯދުމުގެ އިތުރުން އެއް މާއްދާއިން އޭއެއް ހޯދާފައެވެ. ސްކޫލުން އޭނާ ބައިވެރިވީ ނުވަ މާއްދާގައެވެ. އެ ނުވަ މާއްދާގެ ތެރެއިން ކެމިސްޓްރީ ފިޔަވައި އެހެން ކުރިހާ މާއްދާއަކުން އޭ ސްޓަރ ލިބުނެވެ. ކެމިސްޓްރީން ލިބުނީ އޭ އެކެވެ. 10 ވަނަ މާއްދާގެ ގޮތުަގައި އެކައުންޓިންގައި އަމިއްލަ ގޮތުން ބައިވެރިވެ އޭ ސްޓަރއެއް ލީމް ހޯދާފައިވެއެވެ.
އޯލެވެލްގެ ގަދަ 10ގައި މި އަހަރު ބްރައިޓްވޭގެ 12 ދަރިވަރުން ހިމެނުނެވެ. އެއީ،
1ވަނަ އަށް : އާމިނަތު ނޯޔާ ސަމީހު އާއި އައިޝާ ލީމް އަޙްމަދު
2ވަނަ އަށް: އައިޝަތު ކައިލީން ޝާހީންއާއި ސަރާޙް އަޙްމަދު ޒައިޔާން
5ވަނަ އަށް: ޤުސައްޔު ޝާޒިރު ސައީދާއި ރީއާ އަޙްމަދު އަމީން
7ވަނަ އަށް: ހަސަން އަރުޝް އިބްރާހިމާއި ކާއިލް އަލީ ޝަކީބުއާއި މުޙައްމަދު ހަމްޒާ ބިން ޝަހީމް
9ވަނަ އަށް: އައިޝަތު މަލާކު ބިންތި މަޙްމޫދު
10ވަނަ އަށް: އަޙްމަދު އަލާލް ރަޝީދުއާއި އިސްހާގު އިޒާން ޝަރީފު

ސިމްގަޕޫރުގެ ކަރިކިއުލަމަށް ރާއްޖޭގައި ކިޔަވައިދޭ ހަމައެކަނި ސްކޫލެވެ. ގުރޭޑް ހައެއް ނިންމާ ދަރިވަރުންނަށް ސިންގަޕޫރުންދޭ، އިންޓަނޭޝަނަލް ޕްރައިމަރީ ސްކޫލު ލީވާސް (އައިޕީއެސްއެލްއީ) އިމްތިޙާނުގައި ވެސް އެ ސްކޫލުގެ ދަރިވަރުން އަންނަނީ ރަނގަޅު ނަތީޖާއެއް ހޯދަމުންނެވެ. ސިންގަޕޫރު އެގްޒަމިނޭޝަން އެންޑް އެސެސްމަންޓް "ސިއެބް" އިން ދޭ (އައިޕީއެސްއެލްއީ) އިމްތިޙާނުގައި ރާއްޖެއިން ބައިވެރިވަނީ ބްރައިޓްވޭއިން އެކަންޏެވެ. އެ އިމްތިޙާން ދެނީ އިނގިރޭސިއާއި ސައިންސްގެ އިތުރުން ހިސާބުންނެވެ.
advertisment
ހިޔާލު