އޯލެވެލް އިމްތިޙާނުގެ ނަތީޖާ ރީޗެކްކުރަން ޖޫން މަހުގެ 2ވަނަ ދުވަހުގެ ނިޔަލަށް ހުށައަޅަންޖެހޭ

މި އަހަރުގެ ފެބުރުވަރީ/ މާރިޗް މަހު ބޭއްވި ކެމްބްރިޖް އޯލެވެލް އިމްތިޙާނުގެ ނަތީޖާ ރީޗެކްކުރަން ބޭނުންވާނަމަ އަންނަ ޖޫން މަހުގެ 2ވަނަ ދުވަހުގެ ނިޔަލަށް ފޯމް ހުށައަޅަން ޖެހެއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސްއިން ބުނެފައިވާގޮތުން ނަތީޖާ ރީޗެކްކުރަން ބޭނުންވާނަމަ ގޫގުލް ފޯމް ފޯމު މެދުވެރިކޮށް އެޕްލިކޭޝަން ހުށައަޅަން ޖެހޭނެއެވެ.

ރީޗެކްކުރަން ފީއެއް ފީއެއް ނަގާނެއެވެ. ދިވެއްސާއި އިސްލާމް މާއްދާގެ ޕޭޕަރު އަލުން ބެލުމާއި މާކްސް ޗެކްކުރަން އެދޭނަމަ 250 ރުފިޔާ ފީއެއްގެ ގޮތުގައި ނަގާނެއެވެ. އެ ދެ މާއްދާގެ ރީޗެކް ރިޕޯޓް ހޯދާނަމަ 500 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެއެވެ.

ކެމްބްރިޖްގެ އޯ ލެލެވްގެ މާއްދާއެއް ރީޗެކްކުރާނަމަ ޕޭޕަރު އަލުން ބެލުމާއި މާކްސް ޗެކްކުރުމާއި ތަފްސީލީ ރީޕޯޓަށް ކޮންމެ މާއްދާއަކަށް 860 ރުފިޔާއާއި 3550 ރުފިޔާގެ ދެމެދުގެ އަދަދެއް ދައްކަން ޖެހެއެވެ.

ޑީޕީއީއިން ބުނީ، ރީޗެކް ރިޕޯޓަށް ރިކުއެސްޓް ކުރެވޭނީ ރީޗެކް ނަތީޖާ ލިބޭތާ 15 ދުވަސްތެރޭގައި ކަމަށާއި ރީޗެކަށް ރިކުއެސްޓް ކުރާއިރު ރީޗެކް ރިޕޯޓަށް ރިކުއެސްޓް ނުކުރެވޭނެ ކަމަށެވެ.

ތަޢުލީމާ ބެހޭ ވުޒާރާއިން ކުރިން އާންމު ކުރި މައުލޫމާތަށް ބަލާއިރު، 267 ސެންޓަރެއްގައި 8،218 ދަރިވަރުން އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނު ހަދާފައިވެއެވެ. އެއީ މާލެ ސަރަހައްދުގެ 21 ސެންޓަރަކާއި އަތޮޅުތަކުގެ 246 ސެންޓަރެއްގައެވެ.

އޯލެވެލް އިމްތިޙާނުގެ ނަތީޖާ ރީޗެކްކުރުމާ ގުޅޭ އިތުރު މައުލޫމާތު 3041313 ނުވަތަ 7957373 ފޯނުން ލިބޭނެ ކަމަށް ޑީޕީއޭއިން ބުނެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *