ރާއްޖެ ޔޫނިއާ ފުޓްބޯޅަ މުބާރާތް 17 އަހަރުން ދަށް: ސެމީގައި އދ. އޭއީސީއާއި ކަލާފާނު، މާފުށީ ސްކޫލާއި ދަރުމަވަންތަ

ރާއްޖެ ޔޫނިއާ ފުޓްބޯޅަ ޗެމްޕިއަންޝިޕްގެ 17 އަހަރުން ދަށުގެ ސެމީގައި އދ. އޭއީސީ ވާދަކުރާނީ ކަލާފާނު ސްކޫލާއެވެ. މާފުށީ ސްކޫލް ވާދަކުރާނީ ދަރުމަވަންތަ ސްކޫލާއެވެ.

ސެމީގެ ފުރަތަމަ މެޗް ކުޅޭނީ މިއަދު މެންދުރުފަހު 14:45ގައެވެ. ދެވަނަ މެޗް ކުޅޭނީ މިއަދު ހަވީރު 16:45ގައެވެ. ކަލާފާނު ސެމީއަށް ދިޔައީ ގުރައިދޫ ސްކޫލުއަތުން 0-2ން މޮޅުވެގެންނެވެ. ދަރުމަވަންތަ ސެމީއަށް ދިޔައީ ކުއާޓާގައި އިސްކަންދަރު ސްކޫލާ ވާދަކޮށް 1-4ން މޮޅުވެގެންނެވެ.

ރާއްޖެ ޔޫނިއާ ފުޓްބޯޅަ މުބާރާތުގެ 14 އަހަރުން ދަށުގެ މެޗްތައް މިހާރު ކުރިއަށް އެބަދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *