ރާއްޖެ ޖޫނިއަރ 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތް: އދ. އޭއީސީއާއި މާފުށި ސްކޫލް ސެމީއަށް

ރާއްޖެ ޖޫނިއަރ 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ ދެ ޖާގަ، އދ. އަތޮޅު ތައުލީމީ މަރުކަޒު(އދ. އޭއީސީ) އާއި މާފުށި ސްކޫލް ހޯދައިފިއެވެ.

ކުއާޓަރގައި އދ. އޭއީސީމް ވަނީ 0-4 ގެ ނަތީޖާއިން އިމާދުއްދީން ސްކޫލުގެ މައްޗަށް ކުރިހޯދާފައެވެ. ކުއާޓާގެ ދެވަނަ މެޗްގައި މާފުށީ ސްކޫލުން ފައިނަލް ކަށަވަރު ކުރީ 1-2 ގެ ތަފާތަކުން މަޖީދިއްޔާ ސްކޫލުގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ހުޅުމާލޭ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގައި ކުރިއަށްދާ މި މިބާރާތުގެ ސެމީގެ ދެ މެޗް މިއަދު ހަވީރު ކުރިއަށް ދާނެއެވެ. ފުރަތަމަ މެޗްގައި ކުޅޭނީ ކަލާފާނު ސްކޫލާއި ގުރައިދޫ ސްކޫލެވެ. ދެވަނަ މެޗްގައި ކުޅޭނީ އިސްކަންދަރު ސްކޫލާއި ދަރުމަވަންތަ ސްކޫލެވެ.

މި މުބާރާތުގައި 25 ސްކޫލުން ވާދަކުރެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *