ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މި އަހަރުގެ އޮގަސްޓް މަހު ފަށަން ނިންމާފައިވާ ދެވަނަ ޓާމުގެ ކޯސްތަކަށް އެ ޔުނިވަރސިޓީން ހުޅުވާލައިފިއެވެ.
ދެވަނަ ޓާމުގައި 96 ކޯހަކަށް އެ ޔުނިވަރސިޓީން ހުޅުވާލާފައިވެއެވެ.

އެމްއެންޔޫއިން ބުނެފައިވާ ގޮތުގައި، މި ކޯސްތަކުގެ އެޕްލިކޭޝަންތައް ބަލައިގަންނާނީ 17 މޭ އިން ފެށިގެން 30 ޖުލައިގެ މެންދުރުފަހު 14:00 ގެ ނިޔަލަށެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް، ޔުނިވަރސިޓީގެ ޕޯރޓަލް މެދުވެރިކޮށެވެ. ކޯސްތަކަށް އެޕްލައި ކުރާއިރު ހުށަހަޅާ އެންމެހާ ލިޔުންތައް ހުންނަންވާނީ އެއް ފައިލެއްގެ ގޮތުގައ،ި ކިޔަން ސާފުވާނޭހެން ޕީޑީއެފް ފޯމެޓުގައި ސްކޭން ކުރެވިފައެވެ. ޔުނިވަރސިޓީން ހިންގާ އެކި ދާއިރާތަކުގެ ކޯސްތަކާ ބެހޭ ތަފްޞީލީ މަޢުލޫމާތު އިން ލިބިވަޑައިގަންނަވާނެއެވެ.
އެމްއެންޔޫއިން ބުނީ، އެޑްވާންސްޑް ސެޓްފިކްޓް އިން ނަރސިންގ އާއި ބެޗްލަރ އޮފް ނަރސިންގެ އިތުރުން ބެޗްލަރ އޮފް ފިޒިއޮތެރަޕީ ކޯހަށް ހޮވުނުކަމުގެ ލިޔުންދޫކުރާނީ 30 ޖުލައި 2026 ގެ ފަހުން ކަމަށެވެ.
advertisment
ހިޔާލު