އޭލެވެލްއިން ކުރިއަށްދާނެ ދާއިރާތަކާގުޅޭ ޕްރޮގްރާމެއް ވީއައިއެޗްއެސްގައި

އޭލެވެލްއިން ކުރިއަށްދާނެ ދާއިރާތަކާގުޅޭ ޕްރޮގްރާމެއް ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުންގައި މިއަދު ފަށައިފިއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލުމުން އޯލެވެލް ނިންމި 150 އެއްހާ ދަރިވަރުން ރަޖިސްޓްރީވިއެވެ.

ވީއައިއެޗްއެސްއިން ބުނީ، އެ ސްކޫލަށް ހާޒިރުވެގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ މައިގަނޑު ބޭނުމަކީ އޭލެވެލްގައި ކުރިއަށްދެވިދާނެ ދާއިރާތަކާއި ވަކިވަކި މާއްދާތަކުގެ މައުލޫމާތާއި އެ މާއްދާތައް ކިޔަވައިދެއްވާ މުދައްރިސުންނާ ބައްދަލުކޮށް މައުލޫމާތު ހިއްސާކޮށް ދަރިވަރުންގެ ޝައުޤުވެރިކަން އިތުރު ކުރުމެވެ.

އޭލެވެލްގެ ކިޔެވުން އަންނަ މަހު ފަށާއިރު، ގުރޭޑް 11އަށް ވަނުމުގެ ފުރުޞަތު އެ ސކޫލުން މިހާރު ވަނީ ހުޅުވާލާފައެވެ.

ވީއައިއެޗްއެސްގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ބާއްވާ އޯޕަންޑޭ އޮންނާނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. އެ ސްކޫލާ އަލަށް ގުޅޭ ދަރިވަރުންނާއި ބެލެނިވެރިންނަށް އެ ސްކޫލް ދައްކާލުމާއި މުދައްރިސުންނާ ބައްދަލު ކުރުމުގެ ފުރުޞަތު ފަހިކޮށްދޭނެ ކަމަށް ވީއައިއެޗްއެސްއިން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *