ޖޯލިގެ އެހީތެރިކަމާއެކު ހުޅުދުއްފާރު ސްކޫލަށް ސެންސަރީ ޕާކެއް

ޖޯލި މޯލްޑިވްސްގެ އެހީތެރިކަމާއެކު "ދޯދި" ގެ ނަމުގައި ސެންސަރީ ޕާކެއް ހުޅުދުއްފާރު ސްކޫލުގައި ހުޅުވައިފިއެވެ. މި ޕާކްގެ މަސައްކަތް ކުރީ އާރްޑީސީ ހުޅުދުއްފާރު ސައިޓުގެ އިޖްތިމާއީ ޒިންމާގެ ދަށުން އެތަނުގެ މުވައްޒަފުންނެވެ.

މި ޕާކް ހުޅުވީ އިއްޔެ ފާހަގަކުރި ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިންނެވެ.

"ދޯދި" އަކީ ކުޑަކުދިން ބޮޑުވުމާއި، ކުޅެ، އުނގެނުމަށް މުއްސަނދި މާޙައުލެއް ޤާއިމުކުރުމަށް މުޖުތަމަޢުގެ އެއްބާރުލުން ރަމްޒުކޮށްދޭ ޕްރޮގްރާމެއް ކަމަށް ހުޅުދުއްފާރު ސްކޫލުން ބުނެއެވެ.


ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި، މި ހުވަފެން ޙަޤީޤަތަކަށް ހެދުމުގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް އެ ސްކޫލުން ވަނީ އިޚްލާޞްތެރި ޝުކުރު އަދާކޮށްފައެވެ.

އަދި އެ ސްކޫލުން ބުނީ، މި ޖާގައަކީ ކުރިއަށް އޮތް އަހަރުތަކުގައި އަޅުގަނޑުމެންގެ ދަރިވަރުންނަށް އުފާވެރިކަމާއި ޝައުޤުވެރިކަން އަދި ހަނދާން ނެތޭ ފަދަ ތަޖުރިބާތަކެއް ގެނެސްދޭ ތަނަކަށް ވާނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *