ޞަލާޙުއްދީނުގެ ބެލެނިވެރިން ހިޔާވެލައިގެން ތިބޭނެ ތަނެއް އެޗްޑީސީއާއި އެމްއައިބީ ގުޅިގެން ހަދައިދެނީ

ބެލެނިވެރިން ހިޔާވެލައިގެން ތިބޭނެ ތަނެއް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ޞަލާޙުއްދީން ސްކޫލުގައި ހަދައިދޭން ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާއެއްގައި މިއަދު އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ އެކްޓިންގ ޑިރެކްޓަރ ހަސަން ޝަހީދުއެވެ. އަދި އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުފައްދަލް އިދްރީސް ކުމާރީއެވެ.

ސަލާހުއްދީން ސްކޫލުގެ ބެލެނިވެރިން، ދަރިވަރުން ބަލައިގޮސް ތިބޭއިރު ހިޔާވާނެ ޝޭޑް ސްޓްރަކްޗާއެއް ތަރައްގީކުރަނީ އެ ދެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުންނެވެ.

އިއްޔެ ސޮއިކުރި ފަހުމުނާމާގެ ދަށުން، ޝޭޑް ސްޓްރަކްޗާގެ ކުރެހުމާއި ފަރުމާކުރާނީ އެޗްޑީސީގެ ފަރާތުންނެވެ. އެކަމަށް ބޭނުންވާ އެހެންނިހެން ތަކެއްޗާއި ތަން ހެދައިދޭނީ އެމްއައިބީންނެވެ. މި މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިންމަން ފަހުމުނާމާފައި ވަނީ ހިމަނާފައެވެ.

މި މަސައްކަތް ނިމުމުން، ގަދަ އައްވާއި ވިއްސާރައިގައި ސަލާހުއްދީން ސްކޫލު ސަރަހައްދަށް ދަރިވަރުން ބަލައިގޮސް ތިބޭ ބެލެނިވެރިންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް އެ ދެ ކުންފުނިން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *