މުވައްޒަފުންނާއި ދަރިވަރުން އިތުރުކުރުމަށް ޝައިޚުލް އަޒްހަރާ ގުޅިގެން އައިޔޫއެމްއިން މަސައްކަތް ކުރަނީ

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުރިމަޤަށް، މުވައްޒަފުންނާއި ދަރިވަރުން އިތުރުކުރުމަށް މިސްރުގެ ޝައިޚުލް އަޒްހަރާ ގުޅިގެން އައިޔޫއެމްއިން މަސައްކަތް ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މި މަޝްވަރާ ކުރެއްވީ

މިސްރުގެ ޤާހިރާގައި ހުންނަ ޝައިޚުލް އަޒްހަރުގެ ރަސްމީ އޮޕަހުގައި ބޭއްވުނު ބައްދަލުކުރެއްވުމުގައި ޝެއިޙުލް އަޒުހަރު އަދި އިމާމުލް އަކްބަރު ފަޟީލާތުއްޝައިޛް ޑރ. އަޙްމަދު މުޙައްމަދު އަޙްމަދު މުޙައްމަދު އަލް ތައްޔިބާ، އައިޔޫއެމްގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރު ކުރެއްވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުވުމުގައި އައިޔޫއެމްގެ ޢިލްމީ ކުރިއެރުމށްޓަކައި ދަރިވަރުންނާއި މުވައްޒަފުން ޢިތުރުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މި ވަގުތު ވެސް، އަޒްހަރު ޔުނިވަރސިޓީން ފޮނުއްވާފައިވާ ޤުރްއާނުގެ ދާއިރާއިށް ޚާއްޞަ ދެ ޕޮރޮފެސަރުން އައިޔޫއެމްގައި ޚިދުމަތް ކުރައްވަމުންދާކަން ފާހަގަކުރައްވައި އެކަމަށްޓަކައި ޝައިޙުލް އަޒްހަރަށާއި އެ ޔުނިވަރސިޓގެ އިސް ވެރިންނަށް ސުކުރު އަދާކުރައވައި ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރުވަނީ ގުރުއާނާއި އިސްލާމިކް ސްޓަޑީޒްގެ ދާއިރާތަކުން އަދި އިލްމީ ފެންވަރު މަތިކުރުމުގެ އެކިއެކި ފުރުސަތުތައް އަޒްހަރު ޔުނިވަރސިޓީން ފޯރުކޮށްދިނުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. މި ބައްދަލުވުމުގައި މިސްރުގެ ޝައިޙުލް އަޒްހަރު އަދި އިމާމުލް އކްބަރު ފަޟީލާތުއްޝައިޙް ޑޮކްޓަރ އަޙްމަދު މުޙައްމަދު އަލް

ތައްޔިބް ވަނީ އައިޔޫއެމްއިން އެދޭ ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.ޝައިޙުލް އަޒުހަރަކީ މިހާރު 1000 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މިސްރުގެ އލްއަޒްހަރު ޔުނިވަރސިޓީގެ ދީނީ އަދި އެކެޑމކް ކަންކަން ނިންމާ އެންމެ އިސް ފަރާތެވެ. ވައިސް ޗާންސެލަރ ގެ އިތުރުން މި ބައްދަލުވުމުގައި އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްއުސްތާދް އަޙްމަދު އަމީން މުޙައްމަދާއި އެ ޔުނިވަރސިޓީގެ ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *