31 ޓީމާއެކު އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ސްޓޫޑެންޓް ޔޫނިއަންއިން ކުރިއަށްގެންދާ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 31 ޓީމާއެކު ރޭ ފަށައިފިއެވެ.

ދިރާގުން ޓައިޓްލް ސްޕޮންސަރކޮށްފައިވާ މި މުބާރާތް ފެށުމަށް ރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސްޕޯޓްސް ކޮމިޝަނަރު މުޙައްމަދު ތޮލާލެވެ.  މުބާރާތް ހުޅުވުމުގެ ގޮތުން ރޭ ކުޅުނު ވިކްޓްރީ ޝީލްޑް މެޗްގައި ވާދަކުރީ 2024 ވަނަ އަހަރާއި 2025 ވަނަ ފިރިހެން ޑިވިޝަންގެ ޗެންޕިއަން ޓީމެވެ. 

މަތީ ސާނަވީގައި ކިޔަވައި ދަރިވަރުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ މި މުބާރާތުގައި އަންހެން އަދި ފިރިހެން ޑިވިޝަނުގައި31 ޓީމު ބައިވެރިވެފައިވެއެވެ.

މި މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި އެމްއެންޔޫގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *