އޯލެވެލްއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ 3 ދަރިވަރުންނަށް ސްކޮލަރޝިޕެއްގެ ދަށުން އެ ސްކޫލުގައި އޭލެވެލްއަށް ކިޔެވުމުގެ ފުރުޞަތު އަންނަނީ ދެމުން
ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލުން މިހާރު ވަނީ އޭލެވެލްއަށް ކިޔެވުމުގެ ފުރުޞަތު ހުޅުވާލާފައެވެ. އެ ސްކޫލަކީ ކެމްބްރިޖް އޭލެވެލްއަށް ރާއްޖޭގައި ކިޔަވައިދޭ ހަމައެކަނި ސްކޫލެވެ.
އެ ސްކޫލުން ބުނީ، އޭލެވެލްގެ މަރުޙަލާގައި ބިލަބޮންގް ވެފައިވަނީ ދަރިވަރުންނަށް އެންމެ ފުރިހަމަ ކޭމްބްރިޖް ތަޖުރިބާ ލިބިދޭ ރާއްޖޭގެ ހަމައެކަނި ސެންޓަރަށް ކަމަށެވެ.
ކެމްބްރިޖްގެ ސިލަބަހަށް ސައިންސްގެ މާއްދާތަކުން ދަރިވަރުން އެ ސްކޫލްގެ ލެބުތަކުގައި އަމަލީ ގޮތުން ތަހުލީލުތައް ހަދައި، ކޭމްބްރިޖްގެ ޕްރެކްޓިކަލް ޕޭޕަރުތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭ ހަމައެކަނި ސްކޫލަކީވެސް ބިލަަބޮންގ ހައި އިންޓަނޭޝަނަށް ސްކޫލެވެ.

ބިލަބޮންގ އިން ދަނީ ކިޔެވުމަށް މޮޅު ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ކޮންމެ އަހަރަކުވެސް އޯލެވެލް ނަތީޖާއަށް ބަލައި، އެންމެ ރަނގަޅު ނަތީޖާ ހޯދާ 3 ދަރިވަރުންނަށް 2 އަހަރުދުވަހުގެ ސްކޮލަރޝިޕްގެ ދަށުން އެ ސްކޫލުގައި އޭލެވެލްއަށް ކިޔެވުމުގެ ފުރުޞަތު ދެމުންނެވެ.
އެހެން ސްކޫލްތަކާ ޚިލާފަށް ބިލަބޮންގގެ އޭލެވެލް ބެޗެއްގައި ޖާގަ ދެނީ އެންމެ 18 ދަރިވަރުންނަށެވެ. މިގޮތަށް ކުލާސްތައް ބައްޓަންކުރުމުގެ ސަބަބުން، ކޮންމެ ދަރިވަރަކަށްވެސް ޓީޗަރުގެ ފުރިހަމަ ސަމާލުކަން ލިބި، އިތުރު ޓިއުޝަނަކާ ނުލައި މަތީ ނަތީޖާ ހޯދުމުގެ މަގު ފަހިވެއެވެ. އަދި ތަފާތު 3 ދާއިރާއަކުން، 18 މާއްދާގެ ތެރެއިން މާއްދާތައް އިޚްތިޔާރު ކުރުމުގެ ފުރުޝަތުވެސް އެ ސްކޫލުން ދެއެވެ. ދަރިވަރުން ބޭނުންވާ ގޮތަށް 'މިކްސް ސްޓްރީމް' ކިޔެވުމުގެ ފުރުޞަތު ބިލަބޮންގއިން ދެމުންދާއިރު، ސޯސިއޮލޮޖީއާއި ޖިއޮގުރަފީ ފަދަ މާއްދާތައް ދަނީ ކިޔަވައިދެމުންނެވެ.

ބޮލަބޮންގއިން ދެކޭގޮތުގައި، ރޭގަނޑުގެ އެކްސްޓްރާ ކުލާސްތަކުގެ ބަދަލުގައި ހުރިހާ ކިޔެވުމެއް ޝެޝަންގެ ތެރޭގައި ނިންމާލެވޭތީ، އަމިއްލައަށް ފިލާވަޅު ދަސްކުރަން (Self-study) ގިނަ ވަގުތު ލިބެއެވެ.
މި މަހު އޭލެވެލްގެ 11އަށް ކިޔައިވައިދޭން ފަށަން ބިލަބޮންގއިން މިހާރު ދަނީ ތައްޔާރުވަމުންނެވެ. ޖާގަ މަދުވުމާއެކު، 18 ޖާގައަށް އިސްކަންދެވޭނީ އެންމެ ފުރަތަމަ ރެޖިސްޓްރޭޝަން ފުރިހަމަކުރާ ދަރިވަރުންނަށް ކަމަށް އެ ސްކޫލުން ބުނެއެވެ.

އެ ސްކޫލުގެ ވެބްސައިޓް https://www.billabonghigh.mv/admissions މެދުވެރިކޮށް ދަރިވަރުންނަށް މިހާރު އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އެޕްލައިކުރުމުން، ދަރިވަރަށާއި ބެލެނިވެރިޔާއަށް ސްކޫލަށް އައުމަށް ދަޢުވަތު ދީ، އޭލެވެލްއާ ބެހޭ ފުރިހަމަ މަޢުލޫމާތު ހިއްސާކޮށް، ދަރިވަރުންނަށް ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ ސްކްރީނިންގް މަރުޙަލާއަކަށް ފަހު ކަމަށް ބިލަބޮންގއިން ބުނެއެވެ.
ބިލަބޯންގް ހައި އިންޓަނޭޝަނަލް ސްކޫލުގައި ކިޔަވައިދެއްވަނީ ތަޖުރިބާކާރު ޓީޗަރުން ކަމަށާއި މިއީ އޭލެވެލްގައި ރަންގަޅު ނަތީޖާއެއް ހޯދައި، ކާމިޔާބު މުސްތަޤުބަލަކަށް ބިންގާ އެޅުމަށް ލިބޭ ރަނގަޅު ފުރުޞަތެއްކަމަށް އެ ސްކޫލުން ދެކެއެވެ. އުންމީދީ ދަރިވަރުން ވީ އެންމެ އަވަހަކަށް ރެޖިސްޓްރޭޝަން ފުރިހަމަކުރުމަށް ސްކޫލުން ވަނީ އިލްތިމާސްކޮށްފައެވެ.
advertisment
ހިޔާލު