މުޙްޔިއްދީން ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނާއި ބެލެނިވެރިން އެކުވެގެން ހަދިޔާކުރި ފެންވަޅު ބޭނުން ކުރަންފަށައިފިއެވެ.
މި ފެންވަޅު ތައްޔާރުކުރީ ބަންގްލަދޭޝްގެ ރަށްފުށު ހިސާބެއްގައި، އަދި ވަރަށް ބޮޑަށް ފެނަށް ބޭނުންޖެހިފައިވާ ސަރަހައްދެއްގައި ވުޟޫކުރެވޭނެ ބަޔަކާ ވެސް އެކުގައި ކަމަށް އެ ސްކޫލުން ބުނެއެވެ.

"މީ ބޮޑެތިވަމުން އަންނަ ދަރިވަރުންގެ ހިތްތަކުގައި އިންސާނިއްޔަތަށް އޮތް ލޯބި ދައްކުވައިދާ މިސާލެއް. އަދި މަރުވުމަށްފަހުވެސް އަބަދަށް ދެމިގެންދަނިވި ޞަދަޤާތެއް" އެ ސްކޫލުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

"މިކަމުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ހެޔޮޖަޒާ މިންވަރު ކުރައްވާށި"

ސަދަޤާތު ޖާރިޔާގެ ގޮތުގައި ފެންވަޅު ބެހެއްޓުމުގެ މަސައްކަތް ކޮށްފައިވަނީ، ހިލޭ ސާބަހަށް މަސައްކަތް ކުރާ ރާއްޖޭގެ ޖަމާއަތެއް ކަމުގައިވާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ފަރާތުންނެވެ.
advertisment
ހިޔާލު