މަޖީދިއްޔާ ސްކޫލަށް 99 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް

މަޖީދިއްޔާ ސްކޫލަށް 99 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން މޯލްޑިވްސް ބްލަޑް ސާވިސް )އެމްބީއެސް(އާ ގުޅިގެން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ފަށައިފިއެވެ.

99 އަހަރު ފުރުމާ ގުޅިގެން މިއަދު ފެށި ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމުގައި އެސްކޫލުގެ ޓީޗަރުންނާއި އެހާރާއ މިހާރުގެ ދަރިވަރުން ބައިވެރިވެފައިވެއެވެ.

މި ހަރަކާތް ފަށާފައިވަނީ މިކަމަށްޓާކައި އެ ސްކޫލު ހޯލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އެސްކޫލުގެ ޓީޗަރުންނާއި އިސްމަޤާމުތައްފުރުއްވާ ދަރިވަރުންނާއި މޯލްޑިވްސް ބްލަޑް ސާވިސަސްގެ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އަޙްމަދު މުޖާހިދު ދަރިވަރު ނޫހަށް ވިދާޅުވީ 99 ވަނަ އަހަރީ ދުވަހާ ގުޅިގެން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް ކުރިއަށް ދަނީ، އެއީ ދަރިވަރުންނާއި މުވައްޒަފުންގެ އިތުރުން އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ކަމަށެވެ.

ލޭ ހަދިޔާ ކުރުމުގެ ހަރަކާތް މަޖީދިއްޔާއިން ކުރިއަށް ގެންދަނީ މަޖީދިއްޔާ ކެއަރސްގެ ނަމުގައެވެ.

އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން މާދަމާ ހަވީރު، އިސްރަށްވެހިންގެ ނާދީގައި ވެސް ހަރަކާތެއް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *