ސީނިއާ ކެޓަގަރީން އެއްވަނަ ވީއައިއެޗްއެސްއަށް ދެވަނަ ބްރައިޓްވޭއަށް ތިންވަނަ އަޙްމަދިއްޔާއަށް
ޖޫނިއާ ކެޓަގަރީން އެއްވަނަ ބިލަބޮންގަށް ދެވަނަ އަޙްމަދިއްޔާއަށް ތިންވަނަ ފިންލެންޑް ސްކޫލަށް
ވޯލްޑް ސްކޮލާސް ކަޕް ރީޖަނަލް ރައުންޑުގެ ސީނިއާ ކެޓަގަރީން އެއްވަނަ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް (ވީއައިއެޗްއެސް)، ޖޫނިއާ ބައިން އެއްވަނަ ބިލަބޮންގ ހައި އިންޓަރނޭޝަންލް ހޯދައިފިއެވެ.
މި މަހުގެ 14 އިން 17 އަށް ގިޔާސުއްދީން ސްކޫލުގައި ކުރިއަށްގެންދިޔަ ވޯލްޑް ސްކޮލާސް ކަޕް ރީޖަނަލް ރައުންޑުގައި ސީނިއާ ބައިން ދެވަނަ ހޯދީ ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލެވެ. ތިންވަނަ ހޯދީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލެވެ. ޖޫނިއާ ކެޓަގަރީން ދެވަނަ ހޯދީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލެވެ. ތިވަން ހޯދީ ފިންލެންޑް ސްކޫލެވެ.

މި މުބާރާތުގައި ވީއައިއެޗްއެސްއިން 75 ދަރިވަރުން ވަނީ ބައިވެރިވިއެވެ. ވީއައިއެޗްއެސް އިން ވަނީ މި އަހަރުގެ އިތުރުން 2023، 2024 ވަނަ އަހަރު ވެސް ސީނިއާ ބައިން 1 ވަނަ ހޯދާފައެވެ.
ގްލޯބަލް ރައުންޑަށްދާނެ ދަރިވަރުން ކަނޑައެޅުމަށް ކުރިއަށް ގެންދާ މި ރައުންޑްގައި ރާއްޖޭގެ ހަ ސްކޫލަކުން 710 ދަރިވަރުން ބައިވެރިވެއެވެ. 2017 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މި މުބާރާތް ކުރިއަށް ގެންދާއިރު އެންމެ ގިނަ ދަރިވަރުން މި މުބާރާތުގައި ވާދަކުރަނީ މި އަހަރުއެވެ. މި މުބާރާތް ކުރިއަށް ގެންދަނީ ދެ ކެޓަގަރީއަކަށެވެ. އެއީ ޖޫނިއާ ކެޓަގަރީއާއި ސީނިއާ ގެޓަގަރީއެވެ. ޖޫނިއާ ކެޓަގަރީގައި 448 ދަރިވަރުން ވާދަކުރެއެވެ. ސީނިއާ ކެޓަގަރީގައި ވާދަކުރަނީ 267 ދަރިވަރުންނެވެ.
ހަތަރު ދުވަހުގެ މުއްދަތައް ޣިޔާޘުއްދީން ސްކޫލުގެ ހޯލުގައި ކުރިއަށް ގެންދާ ރާއްޖެ ރީޖަނަލް ރައުންޑްގައި ބައިވެރިވީ:
- އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް
- ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލް
- ފިންލޭންޑް އިންޓަރނޭޝާނަލް ސްކޫލް
- ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލް
- ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް
- ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލް
ޑަބްލިޔުއެސްސީގައި ކުރިއަށް ގެންދާ ހަރަކާތުގެ ސަބަބުން ކްރިޓިކަލް ތިންކިންގ، ޕަބްލިކް ސްޕީކިންގ އާއި ޓީމް ކޯލަބަރޭޝަން ފަދަ ހުނަރުތައް ދަސްކޮށްދިނުމުގެ ތަފާތު ފުރުޞަތުތަކެއް ދަރިވަރުންނަށް ލިބިގެންދެއެވެ. އެކަމުގެ ސަބަބުން އެކުދިންގެ ޚިޔާލުތައް ހަރުދަނާގޮތެއްގައި ހުށައެޅުމުގައި އިތުބާރު އަދި ޔަގީންކަން ލިބިގެން ދިޔައެވެ.
އެމެރިކާގެ ޔެލް ޔުނިވަރސިޓީން ކުރިއަށް ގެންދާ ޑަބްލިޔުއެސްސީގެ ރާއްޖެ ރީޖަނަލް ރައުންޑް އިންތިޒާމްކުރަނީ ޣިޔާޘުއްދީން ސްކޫލުންނެވެ.
advertisment
ހިޔާލު