ދެވަނައާއި ތިންވަނައަށް ދާ ދަރިވަރުންނާއި ކުޅިވަރާއި އަދަބީ މުބާރާތްތަކުން ޤައުމީ ވަނަތައް ހޯދާފައިވާ ދަރިވަރުންނަށް ފީއިން ޑިސްކައުންޓެއް ދޭނެ
އޯލެވެލްއިން އެއްވަނައަށްދާ ދަރިވަރުންނަށް އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްލޫލުގައި ހިލޭ ކިޔެވުމުގެ ފުރުޞަތުދޭން ނިންމައިފިއެވެ.
އަޙްމަދިއްޔާ ސްކޫލުން ބުނީ، އޯލެވެލްއިން 2ވަނަ އާއި 3ވަނަ ހޯދާ ދަރިވަރުންނާއި ކުޅިވަރާއި އަދަބީ މުބާރާތްތަކުން ޤައުމީ ވަނަތައް ހޯދާފައިވާ ދަރިވަރުންނަށް ފީއިން ޑިސްކައުންޓެއް ދޭނެ ކަމަށެވެ.
އަޙްމަދިއްޔާއިން ބުނީ، އޭލެވެލްއަށް ވަންނަން މިހާރު ހުޅުވާލާފައިވާ ކަމަށާއި ފޯމް ބަލައިގަތުން ކުރިއަށް ގެންދާ ކަމަށެވެ.
މިދިޔަ އަހަރު އެ ސްކޫލުން 300 ދަރިވަރުން އެޑެކްސެލް އިމްތިޙާނުގައި ބައިވެރިވިއިރު އޭގެތެރެއިން 75 ދަރިވަރުން ގަދަ 10ގައި ހިމެނި، 28 ދަރިވަރުން ހައި އެޗީވަރސް ސްކޮލަރޝިޕަށް ޝަރުޠު ހަމަވެފައިވެއެވެ.
ޕްރީ ސްކޫލުން ފެށިގެން ގުރޭޑް 12އާ ހަމައަށް ކިޔަވައިދޭ އަހްމަދިއްޔާގައި އޭލެވެލްއަށް ކިޔަވައިދެނީ އެއް ދަންފަޅިއަށް ދެ ޖިންސަށް ވަކިންނެވެ.
advertisment
ހިޔާލު