ޑަބްލިއުއެސްސީ ދިވެހިރާއްޖެ ރީޖަނަލް ރައުންޑް ޣިޔާޘުއްދީނުގައި ފަށައިފި

ހަތަރު ދުވަހަށް ދެމިގެންދާ މި މުބާރާތުގައި މި އަހަރު، ރާއްޖޭގެ 6 ސްކޫލަކުން 710 ދަރިވަރުން ބައިވެރިވޭ

ވޯލްޑް ސްކޮލަރސް ކަޕް (ޑަބްލިޔުއެސްސީ)ގެ ދިވެހިރާއްޖެ ރީޖަނަލް ރައުންޑް ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި މިއަދު ފަށައިފިއެވެ.

ގްލޯބަލް ރައުންޑަށްދާނެ ދަރިވަރުން ކަނޑައެޅުމަށް ކުރިއަށް ގެންދާ މި ރައުންޑްގައި ރާއްޖޭގެ ހަ ސްކޫލަކުން 710 ދަރިވަރުން ބައިވެރިވެއެވެ. 2017 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މި މުބާރާތް ކުރިއަށް ގެންދާއިރު އެންމެ ގިނަ ދަރިވަރުން މި މުބާރާތުގައި ވާދަކުރަނީ މި އަހަރުއެވެ. މި މުބާރާތް ކުރިއަށް ގެންދަނީ ދެ ކެޓަގަރީއަކަށެވެ. އެއީ ޖޫނިއާ ކެޓަގަރީއާއި ސީނިއާ ގެޓަގަރީއެވެ. ޖޫނިއާ ކެޓަގަރީގައި 448 ދަރިވަރުން ވާދަކުރެއެވެ. ސީނިއާ ކެޓަގަރީގައި ވާދަކުރަނީ 267 ދަރިވަރުންނެވެ.

ހަތަރު ދުވަހުގެ މުއްދަތައް ޣިޔާޘުއްދީން ސްކޫލުގެ ހޯލުގައި ކުރިއަށް ގެންދާ ރާއްޖެ ރީޖަނަލް ރައުންޑްގައި ބައިވެރިވީ:

  • އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް
  • ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލް
  • ފިންލޭންޑް އިންޓަރނޭޝާނަލް ސްކޫލް
  • ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލް
  • ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް
  • ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލް

ޑަބްލިޔުއެސްސީގައި ކުރިއަށް ގެންދާ ހަރަކާތުގެ ސަބަބުން ކްރިޓިކަލް ތިންކިންގ، ޕަބްލިކް ސްޕީކިންގ އާއި ޓީމް ކޯލަބަރޭޝަން ފަދަ ހުނަރުތައް ދަސްކޮށްދިނުމުގެ ތަފާތު ފުރުޞަތުތަކެއް ދަރިވަރުންނަށް ލިބިގެންދެއެވެ. އެކަމުގެ ސަބަބުން އެކުދިންގެ ޚިޔާލުތައް ހަރުދަނާގޮތެއްގައި ހުށައެޅުމުގައި އިތުބާރު އަދި ޔަގީންކަން ލިބިގެން ދިޔައެވެ.

އެމެރިކާގެ ޔެލް ޔުނިވަރސިޓީން ކުރިއަށް ގެންދާ ޑަބްލިޔުއެސްސީގެ ރާއްޖެ ރީޖަނަލް ރައުންޑް އިންތިޒާމްކުރަނީ ޣިޔާޘުއްދީން ސްކޫލުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *