އެމްއެންޔޫގެ ވަޒީފާގެ ބާޒާރުގައި ބައިވެރިވާން ހުޅުވާލައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ވަޒީފާގެ ބާޒާރުގައި ބައިވެރިވާން އެ ޔުނިވަރސިޓީން މިއަދު ހުޅުވާލައިފިއެވެ.

އެމްއެންޔޫ ވަޒީފާގެ ބާޒާރުގައި ބައިވެރިވުމަށް އެޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ 23:00ގެ ކުރިން ފޯމް ހުށައަޅަން ޖެހެއެވެ.

އެމްއެންޔޫއިން ބުނީ، ވަޒީފާގެ ބާޒާރު (ޖޮބް ފެސްޓިވަލް) ބާއްވާނީ އަންނަ ޖޫން މަހުގެ 3ން 5އަށެވެ. ވަޒީފާގެ ބާޒާރު ކުރިއަށް ގެންދާނީ އެ ދެ ދުވަހުގެ ހަވީރު 16:00ން 10:00އަށެވެ.

ކުރީ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް އެމްއެންޔޫގެ އަތޮޅު ކެމްޕަސްތަކުގައި ވެސް މި ބާޒާރު ކުރިއަށް ގެންދާނެއެވެ.

ޖޮބް ފެސްޓިވަލުގެ މަޤްޞަދަކީ:

  • ދިވެހިރާއްޖޭގައި އެކިކަންކޮޅުތަކުގަޔާއި މާލޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި އެކި މުއައްސަސާތަކުގައި ހުރި ތަފާތު އެކިކަހަލަ އާމްދަނީ ނުވަތަ މަސައްކަތުގެ ތަޖްރިބާ ލިބޭނެފަދަ ފުރުޞަތުތައް އާންމުންނަށް ދައްކާލެވޭނޭ ފުރުޞަތު ތަނަވަސްކޮށްދެވޭނެ ފަދަ މާޙައުލެއް ޤާއިމު ކޮށްދިނުމާއި،
  • އާންމުންނާއި ހިސާބަށް އެހާ ބޮޑަށް ފޯރުކޮށްނުދެވިހުރި އެކި ކަހަލަ ފުރުޞަތުތައް ބްރޭންޑުތައް ނުވަތަ ވައްތަރުތައް އާންމުންނާ ހަމައަށް ގެނެސް ދެވޭނޭ މާޙައުލެއް އުފެއްދުމާއި
  • ދިވެހިރާއްޖޭގައި ހުރި އެކިހަކަލަ ސިނާއީ ފުރުޞަތުތަކާއި މިއާއި ގުޅޭނެފަދަ ކަންކަމަށް ހުނަރުވެރިން ބިނާކުރުމަށް އަހުލުވެރިކުރުވުމާއި މިފަދަ ކަންތައްތަކަށް ޝައުޤުވެރިކަން އުފައްދާ ދެމެހެއްޓުމަށް ބާރުއެޅުމާއި
  • ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުވެރި އުފެއްދުންތެރިންނަށް އެފަދަފުރުޞަތެއް ޔުނިވަރސިޓީގެ ތެރެއިން ފަހިކޮށްދީ އެފަދަ މާޙައުލެއް އުފެއްދުމެވެ.

2025 ވަނަ އަހަރު ބޭއްވި އެމްއެންޔޫ ވަޒީފާގެ ބާޒާރުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިތުރުން

ރާއްޖޭގެ މަޝްހޫރު ބޮޑެތި ކުންފުނިތަކާއި ސަރުކާރުގެ މުއައްސަސާތައް ހިމެނޭ ގޮތަށް 49 ފަރާތަކުން ބައިވެރި ވެފައިވެއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *