ތޮއްޑޫގެ ޔޫތް ޑިވެލޮޕްމަންޓް ޕްރޮގްރާމް ހިންގަން އެރަށު ސްކޫލަށް

ތޮއްޑޫ ސްކޫލް
ތޮއްޑޫގެ ޔޫތް ޑިވެލޮޕްމަންޓް ޕްރޮގްރާމް ހިންގުމުގެ އެއްބަސްވުމުގައި ސޮއިކުރުން: މި ޕްރޮގްރާމަށް ޚަރަދު ކުރާނީ ތޮއްޑޫ ކައުންސިލުން

އއ. ތޮއްޑޫ ޔޫތް ޑިވެލޮޕްމަންޓް ޕްރޮގްރާމް ( ވައިޑީޕީ) ހިންގަން ތޮއްޑޫ ސްކޫލާ ހަވާލުކޮށްފިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދަން ތޮއްޑޫ ކައުންސިލުން ވަނީ އެރަށު ސްކޫލާއެކު  އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައެވެ.

ދެ އަހަރަށް އެކުލަވާލި މި އެއްބަސްވުމުގެ ދަށުން ޔޫތް ޑިވެލޮޕްމަންޓް ޕްރޮގްރާމް ހިންގަން ތޮއްޑޫ ކައުންސިލުން އެރަށު ސްކޫލަށް 120،000 ރުފިޔާ ދޭން ވަނީ ނިންމާފައެވެ.

ދަނޑުވެރިކަމާއި ފަތުރުވެރިކަމަށް ޚާއްޞަ ވަމުން އަންނަ ތޮއްޑޫ ކައުންސިލުން ވަނީ އެރަށު ސްކޫލްގައި ގުރޭޑް އެގާރަ އުފެއްދުމަށް ވެސް މާލީ ގޮތުން އެހީތެރިކަމެއް ފޯރުކޮށް ދެމުންނެވެ. ގުރޭޑް އެގާރައިގައި ކިޔަވަމުންދާ ރަށުން ބޭރު ހަތަރު ކުއްޖަކަށް މަހަކު އެއްހާސް ރުފިޔާގެ ޕޮކެޓްމަނީއެއް އެ ކައުންސިލުން އަންނަނީ ދެމުންނެވެ. މީގެ އިތުރުން އެކުދިން ތިބުމުގެ ޚަރަދަށް އިތުރު 1500 ރުފިޔާ މަހެއްގެ މައްޗަށް ޚަރަދުކުރެއެވެ.

ތޮއްޑޫ ސްކޫލްގައި ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގުރޭޑް އެގާރައަށް 400 އެންހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *