ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ޢިލްމީ ކަރުދާސްތަކަށް ޚާއްޞަ 4 އެކަޑަމިކް ޖާރނަލް

ޢިލްމީ ދިރާސާތަކަށް ޚާއްޞަކޮށްގެން އިސްލާމީ ޔުނިވަރސިޓީ އޮފް މޯލްޑިވްސް (IUM) އިން ނެރެމުންދާ ޖާރނަލްތަކާ ބެހޭ މަޢުލޫމާތު، އެ ޔުނިވަރސިޓީގެ ފަރާތުން ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. ވިސާލާ މޫސާ އަދި ޔުނިވަރސިޓީގެ ރިސާރޗް ސެންޓަރ އިން ޑރ. ޝާފިޔާ ހިއްސާކުރައްވައިފިއެވެ.

އައި.ސީ.އައި.އޭ (ICIA2026) ކޮންފަރެންސާ ގުޅުވައިގެން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ކޮންފަރެންސަށް ހުށަހެޅޭ ކަރުދާސްތައް ޝާއިޢުކުރުމަށް މިހާރުވެސް އައި ޔޫ އެމްގައި މައިގަނޑު ހަތަރު ޖާރނަލްއެއް އޮންނަކަމެވެ. އޭގެ ތެރެއިން ތިން ޖާރނަލްއަކީ ބައިނަލްއަގުވާމީ ފެންވަރުގައި އިންޑެކްސް ކުރެވިފައިވާ ޖާރނަލްތަކެކެވެ.

އިލްމީ ދިރާސާތަކަށް ޚާއްޞަ 4 ޖާރނަލް

އައި.ޔޫ.އެމް އިން ނެރެމުންދާ ޖާރނަލްތަކަކީ ޤައުމީ އަދި ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ތައްޔާރުކުރެވޭ މަސައްކަތްތަކެކެވެ. އެ މަޖައްލާތަކުގެ ތަފްޞީލަކީ:

  1. IJEMAT (ވިޔަފާރި އާއި ޓެކްނޮލޮޖީ)
  • ފުރިހަމަ ނަން: International Journal of Emerging Issues in Management, Accounting and Technology
  • ދާއިރާ: ވިޔަފާރި، މެނޭޖްމަންޓް، އެކައުންޓިންގ، ޓެކްނޮލޮޖީ އަދި ޓޫރިޒަމް.
  • ތާރީޚް: 2025 ގައި ފެށި މި ޖާރނަލްގެ 3 އިޝޫ މިހާތަނަށް ވަނީ ނެރެފައެވެ. (އަހަރަކު 2 ފަހަރު)
  • އެޑިޓަރ އިން ޗީފް: ޑރ. ޒުބައިރު ޙަސަން.

  1. IJEPED (ތަޢުލީމީ ދާއިރާ)
  • ފުރިހަމަ ނަން: International Journal of Emerging Perspectives in Education
  • ދާއިރާ: ތަޢުލީމީ ދާއިރާ އަދި އިޖުތިމާޢީ ޢިލްމުތައް (Social Sciences).
  • ތާރީޚް: 2025 ގައި ފެށި މި ޖާރނަލްގެ 3 އިޝޫ މިހާތަނަށް ވަނީ ނެރެފައެވެ. (އަހަރަކު 2 ފަހަރު)
  • ތަފްޞީލް: މީގެ ވެސް މިހާތަނަށް 3 އިޝޫ ނެރެވިފައިވެއެވެ. (އަހަރަކު 2 ފަހަރު)
  • އެޑިޓަރ އިން ޗީފް: ޑރ. މުޙައްމަދު ޞާލިޙު.
  1. IUMJOL (ޤާނޫނީ ދާއިރާ)
  • ފުރިހަމަ ނަން: IUM Journal of Laws
  • ދާއިރާ: ޝަރުޢީ އަދި ޤާނޫނީ ދިރާސާތައް.
  • ތާރީޚް: 2024 އިން ފެށިގެން މެދުކެނޑުމެއްނެތި ނެރެމުން އަންނަ މި ޖާރނަލްގެ 2 ވޮލިއުމް މިހާތަނަށް ވަނީ ޝާއިޢުކޮށްފައެވެ. (އަހަރަކު 1 ފަހަރު)
  • އެޑިޓަރ އިން ޗީފް: އުސްތާޛު އިކްރާމް ޢަބްދުއްސައްތާރު.
  1. އަލް މަންހަޖު (މަލްޓި-ލިންގުއަލް)
  • ޚާއްޞަ ސިފަ: މިއީ ތިން ބަހުން (ދިވެހި، ޢަރަބި، އިނގިރޭސި) ކަރުދާސް ޝާއިޢުކުރާ މަލްޓި-ޑިސިޕްލިނަރީ ޖާރނަލްއެކެވެ.
  • ތާރީޚް: 2017 އިން ފެށިގެން ނެރެމުން އަންނަ މި މަޖައްލާގެ 9 ޢަދަދު ވަނީ ނެރެފައެވެ. (އަހަރަކު 1 ފަހަރު)
  • އެޑިޓަރ އިން ޗީފް: ޑރ. މަރިޔަމް ޝަރީފާ.

ބައިނަލްއަޤުވާމީ ކުރިއެރުން

ޑރ. ޝާފިޔާ ފާހަގަކުރެއްވި ގޮތުގައި، މި ޖާރނަލްތަކުގެ ތެރެއިން އިނގިރޭސި ބަހުން ނެރޭ ތިން ޖާރނަލް މިހާރުވެސް ވަނީ Google Scholar އަދި Crossref ގައި އިންޑެކްސް ކުރެވިފައެވެ.

މީގެ އިތުރުން، ޔުނިވަރސިޓީގެ އަމާޒަކީ އަންނަ އަހަރުން ފެށިގެން މި ހުރިހާ ޖާރނަލްތަކެއް ދުނިޔޭގެ އެންމެ މަގުބޫލު ރިސާޗް ޑޭޓާބޭސްތައް ކަމަށްވާ Scopus އަދި Web of Science ގައި އިންޑެކްސް ކުރުމެވެ.

މި ޖާރނަލްތަކަކީ އައި.ސީ.އައި.އޭ ކޮންފަރެންސަށް ހުށަހެޅޭ ފެންވަރު ރަނގަޅު "ފުލް ޕޭޕަރ" ތަކަށް އަމާޒުކޮށްގެން ހިންގޭ ވަރަށް މުހިންމު އިލްމީ މަސައްކަތެއްކަން ޑރ. ޝާފިޔާ ފާހަގަކުރެއްވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *