99 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މަޖީދިއްޔާއިން ލޭ ހަދިޔާކުރަނީ

99 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތަކާ ގުޅުވައިގެން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ކުރިއަށް ގެންދަން މަޖީދިއްޔާ ސްކޫލުން ނިންމައިފިއެވެ.

ލޭ ހަދިޔާ ކުރުމުގެ ކޭމްޕް އެ ސްކޫލުގައި ކުރިއަށް ގެންދަނީ މި މަހުގެ 22 ވަނަ ދުވަހު އެ ސްކޫލުގެ ހޯލުގައެވެ. ލޭ ހަދިޔާކުރުމުގެ ކޭމްޕް ކުރިއަށް ގެންދަނީ އެ ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 3:00  އަށެވެ.

ލޭ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓަރީވާން މަޖީދިއްޔާ ސްކޫލުން މިހާރު ވަނީ ހުޅުވާލާފައެވެ. އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަޖިސްޓަރީވާން ޖެހެއެވެ.

99 އަހަރު ފުރުން ފާހަގަކުރަން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ލޭ ހަދިޔާ ކުރުމުގެ ކޭމްޕްގައި މަދުވެގެން 99 މީހުން ލޭ ހަދިޔާކުރުމަކީ މަޖީދިއްޔާ ސްކޫލުގެ އަމާޒެކެވެ.

އަހަރީ ދުވަހާ ގުޅުވައިގެން އިސްރަށްވެހިންގެ ހަވީރަކާއި ޚާއްޞަ އެސަމްބްލީއެއް ބާއްވަން އެ ސްކޫލުން ވަނީ ނިންމާފައެވެ.

މަޖީދިއްޔާއަށް 99 އަހަރު ފުރޭނީ މި މަހު 19 ވަނަ ދުވަހުއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *