ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި ރޭ ރޯވެ އެއް އިމާރާތް އަނދައިގެން ދިއުމުން، ކިޔެވުން ނުހުއްޓި ކުރިއަށް ގެންދަން ބޭނުންވާ ސާމާނު އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން އެ ސްކޫލަށް ފޮނުވައިފިއެވެ.

ގއ. އޭއީސީން ބުނީ، ހިނގައިދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން، މި މަރުކަޒުގެ ކިޔަވައިދިނުން މެދުކެނޑުނަނުދީ ކުރިއަށް ގެންދިއުމަށްޓަކައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވަނީ 36 ގަޑިއިރުގެ ތެރޭގައި މުހިންމު ތަކެތި ހަމަޖައްސައިދީފައިވާ ކަމަށެވެ. މިގޮތުން، 10 ކޮމްޕިއުޓަރު ސިސްޓަމާއި، 3 ޕްރިންޓަރުގެ އިތުރުން 15 ފޮށިގަނޑު ޓެކްސްޓް ފޮތް އެއާރ ކާގޯ މެދުވެރިކޮށް މިހާރު ވަނީ ފޮނުވާފައިވާ ކަމަށެވެ.

ގއ. އޭއީސީން ބުނީ، އަންނަ އަންގާރަ ދުވަހުގެ ކިޔެވުން އާންމު ހާލަތުގައި ކުރިއަށް ގެންދެވޭނެ ކަމުގެ ޔަޤީން އެޑިޔުކޭޝަން މިނިސްޓްރީން ދީފައިވާ ކަމށެވެ.
ގއ. އޭއީސީގެ އޭސީއެއްގައި ރޯވެ އަނދައިގެން ދިޔައީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ގައެވެ. އެ ސްކޫލުގެ އެއް ބްލޮކެއްގައި ހުރި ޕްރައިމަރީ ޓީޗަރުންގެ ސްޓާފްރޫމާއި ޕްރިންޓިން ރޫމުގެ އިތުރުން އެއް ކިލާސްރޫމް ވަނީ އަނދައިގެން ގޮސްފައެވެ.
މި އިމާރާތުގައި ރޯވި އަލިފާން ނިންވާލީ އެ ރަށު ރައްޔިތުން ކުރި މަސައްކަތުން ބައގަޑިއެއްހާއިރުގެ ތެރޭގައެވެ.
advertisment
ހިޔާލު