އޭލެވެލްގެ ގަދަ ދިހައެއްގައި ވީއައިއެޗްއެސްގެ 105 ދަރިވަރުން، އެއްވަނައަށް އެއް ދަރިވަރަކު

އޭލެވެލްގެ ގަދަ ދިހައެއްގައި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް (ވީއައިއެޗްއެސް)ގެ 105 ދަރިވަރުން ހިމެނިއްޖެއެވެ. އަދި އެ ސްކޫލުގެ އެއް ދަރިވަރަކު ވަނީ އޭލެވެލްއިން އެއްވަނަ ހޯދާފައެވެ.

2025 ވަނަ އަހަރު ބޭއްވި އެޑެކްސެލް އޭލެވެއިން އެއްވަނަ ހޯދީ އެ ސްކޫލުގެ ހުސައިން ޔަމީނެވެ.

ވީއައިއެޗްއެސްއިން ބުނީ، އެ ސްކޫލުން މިދިޔަ އަހަރު އޭލެވެލް ނިންމި ދަރިވަރުންގެ ތެރެއިން 32 ދަރިވަރުންނަށް ހައި އެޗީވަރސް ސްކޮލަރޝިޕަށް ޝަރުޠު ހަމަވާ ކަމަށެވެ. އަދި 98 އިންސައްތަ ދަރިވަރުން ޔުނިވަރސިޓީތަކަށް ވަދެވޭ މިންވަރަށް ފާސްވެފައިވާ ކަމަށެވެ.

އޭލެވެލްގެ ޤައުމީ ގަދަ ދިހައެއްގެ ދެވަނައިގައި ވީއައިއެޗްއެސްގެ އަށް ކުދިން ހިމެނިފައިވެއެވެ. ތިންވަނަ ދެ ދަރިވަރުންނަށް ލިބުނުއިރު ހަތަރު ވަނަ 9 ދަރިވަރުންނަށް ލިބިފައިވެއެވެ. ފަސްވަނަގައި ހިމެނުނީ 11 ދަރިވަރުންނެވެ. ހަވަނައިގައި 17 ދަރިވަރުން  8ވަނައިގައި 16 ދަރިވަރުން ހިމެނިފައިވެއެވެ. 9ވަނައިގައި 14 ދަރިވަރުން ހިމެނުނުއިރު 10 ވަނައިގައި ހިމެނުނީ 5 ދަރިވަރުންނެވެ.

ވީއައިއެޗްއެސްއަކީ އޭލެވެލްއަށް ޚާއްޞަކޮށްގެން އަމިއްލަ ފަރާތަކުން ރާއްޖޭގައި ހިންގާ ހަމައެކަނި ސްކޫލެވެ. އެ ސްކޫލަށް ވަންނަން މިހާރު ވަނީ ހުޅުވާލާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *