ރައީސްގެ ސްކޮލަރޝިޕް ސީއެޗްއެސްއީ ހުޅުމާލޭގެ ތިން ދަރިވަރުންނަށް

މިދިޔަ އަހަރު އޭލެވެލްއިން އެއްވަނަ ހޯދައިގެން ރައީސްގެ ސްކޮލަރޝިޕް ސީއެޗްއެސްއީ ހުޅުމާލޭގެ ތިން ދަރިވަރުންނަށް ލިބިއްޖެއެވެ.

ދިވެއްސާއި އިސްލާމް މާއްދާ ހިމަނައިގެން ފަސް މާއްދާއިން އޭ ސްޓަރ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލާރޝިޕް ލިބުނީ، ސީއެޗްއެސްއީ ހުޅުމާލެއިން އޭލެވެލް ނިންމި އައިޝަތު ނަބީހާ އަމީންއާއި ލީން އަޙްމަދު ތާރިޤާއި ޔަޝާ ޝަފީ ޝަފީޤުއަށެއެވެ.

2024 ވަނަ އަހަރު އެ ސްކޫލުގެ ހަ ދަރިވަރުންނަށް އެއްވަނަ ލިބި ރައީސްގެ ސްކޮލަރޝިޕް ލިބިފައިވެއެވެ.

2025 ވަނަ އަހަރު އެ ސްކޫލުން އޭލެވެލް ނިންމި ދަރިވަރުންގެ ތެރެއިން 97 ދަރިވަރުން އޭލޭވެލްގެ ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައިވެއެވެ. އަދި 25 ދަރިވަރުންނަށް ހައި އެޗީވާސް ސްކޮލަރޝިޕް ލިބެއެވެ.

ސީއެޗްއެސްއީ ހުޅުމާލެއިން ބުނީ، ފާއިތުވި އަހަރު އެ ސްކޫލުން އޭލެވެލް ނިންމި 90 އިންސައްތަ ދަރިވަރުން ޔުނިވަރސިޓީއަށް ވަންނަން ބޭނުންވާ މިންވަރަށް ފާސްވިކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕްގައި އެ ދަރިވަރަކުން ބޭނުންވާ ރޮނގަކުން ބޭނުންވާ ޔުނިވަރސިޓީއަކުން ކިޔެވުމުގެ ފުރުޞަތު ދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *