އަމިއްލަ ގޮތުން މޭ/ޖޫންގައި އޭ ލެވެލް ހަދަން ބޭނުންވާ ދަރިވަރުންނަށް މާޗު 29 އަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ފުރުޞަތު ދީފިއެވެ.
އަމިއްލަ ގޮތުން މޭ/ޖޫންގައި އޭ ލެވެލް ހަދަން ބޭނުންވާ ދަރިވަރުންނަށް ޑީޕީއީއިން ފުރުޞަތު އިތުރުކޮށްދީފައި ވަނީ، ބައިވެރިވުމުގެ މުއްދަތު މާރޗް 12އަށް ހަމަވެފައި ވަނިކޮށެވެ.
ޑީޕީއީއިން މިއަދު ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން އަމިއްލަ ގޮތުން މޭ/ޖޫންގައި އޭލެވެލް ހަދަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުޞަތު އޮންނާނީ މާރޗް މަހުގެ 29 ވަނަ ދުވަހުގެ ރޭ 12:00އާ ހަމައަށެވެ.
މެއި / ޖޫންގައި އޭލެވެލް އިމްތިހާނު ބާއްވަން މި ފެށީ ފަސް އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ. މީގެ ކުރިން އަމިއްލަ ގޮތުން އޭލެވެލް މެއި/ޖޫންގައި ހަދަން ބޭނުންވާ ދަރިވަރުން ދަނީ އަވަށްޓެރި ސްރީލަންކާއަށެވެ. އެކަމުގެ ޝަކުވާ ބޮޑުވެ. ދަރިވަރުންތަކެއްވަނީ މެއި ޖޫންގެ އިމްތިޙާން ރާއްޖޭފައި ބާއްވައި ދިނުމަށް ޕެޓިޝަނެއްގައި ވެސް ސޮއިކޮށްފައެވެ.
މެއި/ޖޫންގައި އިމްތިހާނު ބާއްވަނީ ބައިވެރިވާ ކޮންމެ ދަރިވަރެއްގެ އަތުން 3000 ރުފިޔާގެ ފީއެއް ނެގުމަށްފައެވެ. އަދި އޭގެ އިތުރުން ކޮންމެ މާއްދާއަކަށް ވަކިން ފީ ދައްކަން ޖެހެއެވެ.
ޑީޕީގެ އިއުލާނާއެކު ސިލަބަހަށް ނަގާ ފީ ވެސް ހިމަނާފައިވެއެވެ.
މާއްދާތަކަށް ނަގާ ސިލަބަސް ފީތައް:
- އެކައުންޓިންގ
ޔުނިޓް: 1 2،080 ރުފިޔާ
ޔުނިޓް: 2 4،160 ރުފިޔާ
- ބައޮލޮޖީ، ކެމިސްޓްރީ، މެތެމެޓިކްސް، ފިޒިކްސް
ޔުނިޓް: 1 830 ރުފިޔާ
ޔުނިޓް: 2 1،660 ރުފިޔާ
ޔުނިޓް: 3 2،490 ރުފިޔާ
ޔުނިޓް: 4 3320 ރުފިޔާ
ޔުނިޓް: 5 4150 ރުފިޔާ
ޔުނިޓް: 6 4980 ރުފިޔާ
- އިކޮނޮމިކްސް، ބިޒްނަސް ސްޓަޑީޒް، ހިސްޓްރީ، ޖިއޮގްރަފީ، އިންގްލިޝް، ލިޓަރޭޗަރ، އިންގްލިޝް ލޭންގުއޭޖް
- ޔުނިޓް: 1 1160 ރުފިޔާ
- ޔުނިޓް: 2 2320 ރުފިޔާ
- ޔުނިޓް: 3 3480 ރުފިޔާ
- ޔުނިޓް: 4 4640 ރުފިޔާ
މެއި/ޖޫން ގެ އޭލެވެލް އިމްތިޙާނު ބާއްވަން ނިންމައި އެޑިޔުކޭޝަން މިނިސްޓްރީން އޭރު ބުނީ، ރާއްޖޭގައި މެއި/ ޖޫންގައި އޭލެވެލް ހަދަން ހުއްޓާލުމާ ގުޅިގެން އެ އިމްތިހާނު ހެދުމަށް ބޭނުންވާ ދަރިވަރުން ރާއްޖޭން ބޭރަށް ދަތުރުކުރުމަށާއި ހުރުމުގެ ޚަރަދަށް އެކަނި އެވަރެޖުކޮށް 30،000 ރުފިޔާ ޚަރަދުވާތީ އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.
advertisment
ހިޔާލު