ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ސްޓޫޑެންޓް ޔުނިއަންގެ ގުރުއާން މުބާރާތުން އެއްވަނަ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން ހޯދައިފިއެވެ.
މި މުބާރާތުގައި އަހްމަދިއްޔާއިން އެއްވަނަ ހޯދީ ޤައުމީ ޔުނިވަރސިޓީގެ އެކި ފެކަލްޓީތަކާއި އިސްލާމީ ޔުނިވަރސިޓީއާ ވާދަކޮށެވެ.
އެމްއެންޔޫއެސްޔޫގެ ޝަރީޢާއިން ލޯ އިން އިންތިޒާމް ކުރި މި މުބާރާތުން، ބަލައިގެން ކިޔެވުމާއި ނުބަލައިކިޔެވުމުން ވެސް އެއްވަނަ ހޯދީ އަޙްމަދިއްޔާގެ ދަރިވަރުންނެވެ.
ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ހޯދީ، 12ސީގެ ސާރާ ބިންތު ޢަބްދުاللهއެވެ. ނުބަލައިކިޔެވުމުގެ ބައިން އެއްވަނަ ހޯދީ 11ސީގެ ފާތިމަތު ޝާޔާ ޒާހިރެވެ. ނުބަލައިކިޔެވުމުގެ ގޮފިން 4ވަނައަށް ދިޔައީ އަޙްމަދިއްޔާގެ 11ޖޭގެ އުވައިސް ބިން އިނާޒެވެ. 5ވަނަ ހޯދީ 11ޑީގެ ޝަޔާން އަޙްމަދު ރަޝީދެވެ.
advertisment
ހިޔާލު