ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީގެ ފަރާތުން ތަޢާރަފް ކުރާ މި ޕްރޮގްރާމަކީ އިންޖިނިއަރިންގެ ރޮނގުން ދިވެހި ހުނަރުވެރި ޕްރޮފެޝަނަލުންތަކެއް އުފެއްދުމަށް ޤައުމީ ޔުނިވަރސިޓީން ފެށި މުހިއްމު މަސައްކަތުގެ ބައެކެވެ.
މި ޕްރޮގްރާމް ތަޢާރަފް ކުރުމުގެ ސަބަބުން ފައުންޑޭޝަން އިންޖިނިއަރިންގ ޕްރޮގްރާމް ފުރިހަމަކޮށްގެން ތިބި ކުދިންނައް ސިވިލް އިންޖިނިއަރިންގެ ދާއިރާއިން މަތީ ތަޢުލީމް ޙާސިލް ކުރުމަށް ކުރަމުން ދިޔަ ދިގު އިންތިޒާރަށް ނިމުމެއް ގެނުވާނެއެވެ. ބެޗްލަރ އޮފް ސިވިލް އިންޖިނިއަރިންގ ޕްރޮގްރާމަކީ މިދާއިރާއިން އިންޖިނިއަރުން ތަމްރީންކުރުމަށް ބޭނުންވާ ތިއަރީ އާއި ޕްރެކްޓިކަލްސް އެކުލެވޭ ގޮތަށް ފަރުމާކުރެވިފައިވާ، ކޮންޓެންޓްގެ ގޮތުން ވެސް ވަރަށް ފުރިހަމަ ޕްރޮގްރާމެކެވެ. އަދި މިފްރޮގްރާމުން، ދަށުން އިމާރާތްކުރުމުގެ މަޝްރޫއުތައް ޕްލޭންކޮށް، ޑިޒައިންކޮށް، އިމާރާތްކޮށް އަދި މެނޭޖްކުރުމުގެ ޤާބިލްކަން ހުރި ޕްރޮފެޝަނަލް ގްރެޖުއޭޓުން އުފައްދާނެއެވެ.

މިކޯހުގައި ސިވިލް އިންޖިނިއަރިންގ އާއި ގުޅުންހުރި ސްޕެޝަލިސްޓް ދާއިރާތަކުގެ ތެރޭގައި ހިމެނޭ، ސްޓްރަކްޗަރަލް އިންޖިނިއަރިންގ، ޖިއޯޓެކްނިކަލް އިންޖިނިއަރިންގ، އެންވަޔަރމެންޓަލް އިންޖިނިއަރިންގ، ވޯޓަރ، ހައިވޭ އިންޖިނިއަރިންގ، އަދި ޓްރާންސްޕޮޓޭޝަން ބެހޭ މުހިއްމު ބައިތައް ކިޔަވައިދޭނެއެވެ. މިޕްރޮގްރާމް ފަރުމާކޮށްފައި ވަނީ ތަޖުރިބަކާރެއްގެ ބެލުމުގެ ދަށުން ރާއްޖޭގައި ތިބި މިދާއިރާގައި މަސައްކަތް ކުރައްވާ އެންމެ ގިނަ ދުވަސްވީ ތަޖުރިބާކާރު ބޭފުޅުންގެ ލަފަޔާ އިރުޝާދުގެ ދަށުންނެވެ.

މި ޕްރޮގްރާމްގެ ދަށުން ޒަމާނީ ލެބޯޓްރީތަކާއި ޒަމާނީ ސިމިއުލޭޝަން ޓޫލްސްތައް މެދުވެރިކޮށް އިންޖިނިއަރިންގ އަދި ޓެކްނޮލޮޖީގެ ޢިލްމު ފޯރުކޮށްދެވިގެންދާނެއެވެ. އަދި ކޮމްޕްލެކްސް އިންޖިނިއަރިންގ މައްސަލަތަކަށް އުފެއްދުންތެރި އަދި އާ ހައްލުތައް ހޯދައިގެން ދަރިވަރުންނަށް ގްރެޖުއޭޓް ވެވޭނެ ގޮތަށް ކެޕްސްޓޯން ޕްރޮޖެކްޓަކާއި މިނީ ޕްރޮޖެކްޓްތަކާއި ފައިނަލް އިޔަރ ޕްރޮޖެކްޓެއް ވެސް މިޕްރޮގްރާމްގައި ހިމެނިފައިވާނެއެވެ. އަދި މިޕްރޮގްރާމްގައި ހިމެނޭ އިންޑަސްޓްރިއަލް ޓްރޭނިންގ މޮޑިއުލްގެ ސަބަބުން ދަރިވަރުންނަށް މަސައްކަތުގެ ހަގީގީ މާހައުލެއް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މީގެ އިތުރުން ވެސް އެހެނިހެން ސޮފްޓް ސްކިލްސްތައް ކަމަމުގައިވާ އެފެކްޓިވް ކޮމިއުނިކޭޝަނާއި ޕްރެޒެންޓޭޝަން ސްކިލްސްއާއި ޕްރޮފެޝަނަލް އެތިކްސްއާއި ސޭފްޓީ އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ސްކިލްސް މިޕްރޮގްރާމްގެ ތެރެއިން ދަސްވެގެން ދާނެއެވެ.
މިކޯހުން ދަސްވެނިވާ ދަރިވަރުންނަކީ ސީދާ ވަޒީފާއަށް ނުކުންނަށް ފައްކާވެފައިވާ ދަރިވަރުންތަކަކަށް ވާނެ ކަމުގެ ޔަޤީން ކަން އުދުމާ ދެއްވައެވެ.
advertisment
ހިޔާލު