މާމިގިލީގައި ކުރިއަށް ގެންދިޔަ ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުން 26 ދަރިވަރުން ދަސްވެނިވެއްޖެ

އދ. މާމިގިލީގައި ކުރިއަށް ގެންދިޔަ ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުން 26 ދަރިވަރުން ދަސްވެނިވެއްޖެއެވެ.

ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ މަސައްކަތް މިހާރު އަންނަނީ އަތޮޅުތެރޭގައި ވެސް ހިންގަމުންނެވެ. އެންމެ ފަހުން ދަސްވެނިވީ މާމިގިލީގައި ހިންގި ތަމްރީނު ޕްރޮގްރާމުގެ ބައިވެރިންނެވެ.

ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ހުކުރު ނަމާދު ކުރުމުގެ ހުއްދަ ދޭން ނިންމައި، އެ ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އެ ފުރުޞަތު ދިނީ، އިމާމުންނާއި ޚަޠީބުންގެ ޒުވާން ޖީލެއް އުފެއްދުމުގެ ސިޔާސަތުގެ ދަށުން ގުރޭޑް 10ން މަތީގެ ދަރިވަރުންނާއި ސްކޫލް ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ރީތިކޮށް ޤުރުއާން ކިޔަވައި، ނަމާދުގެ ފިޤުޙްގެ ބައިތަކަށް އަހުލުވެރިވެފައިވާ ދަރިވަރުންނަށެވެ.

ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ތިން ބުރެއް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންގޮސްފިއެވެ. މިހާތަނަށް 500އަށް ވުރެ ގިނަ ޒުވާން ޚަޠީބުންގެ ގޮތުގައި ވަނީ ތަމްރީނު ކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ 1000 ޒުވާން ޚަޠީބުން ތަންރީނު ކުރުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *