މި ސްކޮލަރޝިޕްގައި ހިމެނެނީ "އެއިޑް-ޓު-މޯލްޑިވްސް ސްކީމް" ގެ ދަށުން ދޭ 20 ސްކޮލަރޝިޕާއި ލަތާ މަންގޭޝްކަރު ސްކޮލަރޝިޕްގެ ދަށުން ދޭ 10 ފުރުޞަތު
އިންޑިއަން ކައުންސިލް ފޮރ ކަލްޗަރަލް ރިލޭޝަންސް (އައި.ސީ.ސީ.އާރ) އިން ރާއްޖެއިން ދީފައިވާ 30 ސްކޮލަރޝިޕަށް ކުރިމަތިލާން ހުޅުވާލައިފިއެވެ. މި ސްކޮލަރޝިޕަށް ކުރިމަތިލުމުގެ މުއްދަތު ދީފައިވަނީ އަންނަ އެޕްރީލް މަހުގެ 15 ވަނަ ދުވަހުގެ 00:00އާ ހަމައަށެއެވެ.
އިންޑިއަން ކައުންސިލް ފޮރ ކަލްޗަރަލް ރިލޭޝަންސް (އައި.ސީ.ސީ.އާރ) އިން 30 ސްކޮލަރޝިޕަށް ހުޅުވާލާފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ "އެއިޑް-ޓު-މޯލްޑިވްސް ސްކީމް" ގެ ދަށުން ދޭ 20 ސްކޮލަރޝިޕާއި ލަތާ މަންގޭޝްކަރު ސްކޮލަރޝިޕްގެ ދަށުން ދޭ 10 ފުރުޞަތެވެ.
މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ކުރި އިޢުލާނުގައި ބުނެފައިވަނީ، "އެއިޑް-ޓު-މޯލްޑިވްސް ސްކީމް" ގެ ދަށުން ދިވެހިރާއްޖެއަށް އަންޑާގުރެޖުއޭޓް 20 ސްކޮލަރޝިޕް ފުރުސަތު ދީފައިވާކަން އަންގާފައިވާ ކަމަށާއި މި ސްކޮލަރޝިޕްތަކަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަރޝިޕް ދޭ ފަރާތުން ކަމަށެވެ. މިކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކާއި އެޕްލައިކުރެވޭނެ ދާއިރާތަކާއި އިތުރު މައުލޫމާތު އެ މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv ، ކުރި ޕޯޓަލް https://kuri.gov.mv އަދި ވެބްސައިޓް:https://a2ascholarships.iccr.gov.in ލިބެން ހުންނާނެ ކަމަށް ވެސް ބުނެފައިވެއެވެ.
އިންޑިއަން ކައުންސިލް ފޮރ ކަލްޗަރަލް ރިލޭޝަންސް،މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްއިންދޭ، ލަތާ މަންގޭޝްކަރު ސްކޮލަރޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ އެންމެހައި ކަންކަން ކުރިއަށްގެންދާނީ ވެސް ސްކޮލަރޝިޕް ދޭ ފަރާތުންނެވެ. ޕްރޮގްރާމާ ގުޅޭ އިތުރު ތަފްސީލާއި، އެޕްލިކޭޝަން ހުށަހަޅާނެ ގޮތުގެ އިރުޝާދު https://a2ascholarships.iccr.gov.in/ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި މި ސްކޮލަރޝިޕްގައި ބައިވެރިވުމަށް ޝަޢުގުވެރިވާ ފަރާތްތަކުން އެޕްރީލް މަހުގެ 15 ވާ ބުދަ ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުން މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނެއެވެ.
advertisment
ހިޔާލު