މެދުއިރުމަތީގައި ކިޔަވަމުން ދަނީ ދިވެހި 75 ދަރިވަރުން، އެ ދަރިވަރުންގެ ހާލަތު އަންނަނީ ބަލަމުން

މެދުއިރުމަތީގެ އެކި ގައުމުތަކުގައި ކިޔަވަމުން ދަނީ ރާއްޖޭގެ 75 ދަރިވަރުން، އެ ދަރިވަރުންގެ ހާލަތު ބަލަމުން އަންނަ ކަމަށް މަތީ ތަޢުލީމޭ ބެހޭ ވުޒާރާއިން ބުނެފިއެވެ.

މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީގެ ބައްދަލުވުމުގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙުމަދު ވިދާޅުވީ، ހަނގުރާމަ ފެށުނު ދުވަހުން ފެށިގެން ޚާރިޖީ ވުޒާރާއިން ނެރެފައިވާ އެޑްވައިޒަރީތައް އީމެއިލް މެދުވެރިކޮށް ދަރިވަރުންނަށް ފޮނުވަމުން އަންނަ ކަމަށެވެ.

ވަޒީރު ވިދާޅުވީ މެދުއިރުމަތީގެ ފަސް ޤައުމެއްގައި 75 ދަރިވަރުން ކިޔަވަމުން ގެންދާކަމަށާއި އެ ކުދިންނާ އެންމެ ކައިރީގައި ހުރި ޑިޕްލޮމެޓިކް މިޝަނެއްގައި ރަޖިސްޓްރީވާން އެދިފައިވާނެ ކަމަށެވެ.

ވަޒީރު ޑރ. ހައިދަރު ވިދާޅުވީ، ދަރިވަރުންނާ މުއާމަލާތް ކުރުމަށްޓަކައި ވުޒާރާއިން ހެލްޕް ލައިނެއް ޤާއިމްކޮށްފައިވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ކިޔެވުން މެދުކަނޑާލަން ޖެހިއްޖެ ހާލަތެއްގައި ޖޫރިމަނާއަކާ ނުލައި އަލުން ކިޔެވުން ކުރިއަށް ގެންދެވޭނެކަމެވެ. ބައެއް ޔުނިވަރސިޓީތަކުގެ ޗުއްޓީ ދުވަސްވަރާ ދިނުމާ ގުޅިގެން ރާއްޖެ އަންނަން ބައެއް ދަރިވަރުން ބޭނުންވާ ކަމަށާއި އެކަމަށް ހުއްދަ ދިނުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދަވާ ކަމަށް ވެސް އިއްޔެ ބޭއްވި ބައްދަލުވުމުގައި ވަޒީރު ޑރ. ހައިދަރު ވިދާޅުވިއެވެ.

މެދުއިރުމަތީގައި ގައުމުތަކުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުން:

* މިސްރު: 40 ދަރިވަރުން
* ޔޫއޭއީ: 21 ދަރިވަރުން
* ތުރުކީ: 10 ދަރިވަރުން
* ސަޢުދީ އަރަބިއްޔާ: 2 ދަރިވަރުން
* މިސްރުގައި އަމިއްލަ ގޮތުން ކިޔަވާ 2 ދަރިވަރުން

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *