އިކޮނޮމިކްސްއާއި ޕަބްލިކް އެޑްމިނިސްޓްރޭޝަންއިން ޕީއެޗްޑީއަށް، ޗައިނާގައި ކޔެވުމުގެ ފުރުޞަތު މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
އެ ވުޒާރާއިން ކުރި އިޢުލާނުގައި ބުނެފައިވަނީ ޗައިނާގެ ޒެޖިއަން ޔުނިވާސިޓީގެ، އިންސްޓިޓިއުޓް އޮފް ގްލޯބަލް ޑިވެލޮޕްމަންޓުން ދޭ ޕީއެޗްޑީ އިން އެޕްލައިޑް އިކޮނޮމިކްސް އާއި ޕީއެޗްޑީ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ކޯހުގައި ކިޔަވަން ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 25 ވަނަ ދުވަހުގެ 12:30 ގެ ކުރިން ޕޯޓަލް މެދުވެރިކޮށް މި ކޯސްތަކަށް ކުރިމަތިލެވޭނެ ކަމަށެއެވެ.
މި ކޯސްތަކަށް ކެންޑިޑޭޓުން ނޮމިނޭޓް ކުރަނީ "އެކަޑަމިކް މެރިޓް" ށް ޕޮއިންޓްދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުންނެވެ. ޕޮއިންޓް އެއްވަރުވާނަމަ އިސްކަންދެނީ ބެޗްލާސް / މާސްޓަރސް ޑިގްރީ ނިންމުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތުގެ ދިގުމިނަށް މަތީ ތައުލީމާ ބެހޭ ވުޒާރާގެ އިއުނާލުގައި ބުނެފައިވެއެވެ. އަދި ކުރިމަތިލެވޭނީ ދެ ކޯހުންކުރެ ކޮންމެ ވެސް އެއް ކޯހަށެވެ.
މި ސްކޮލާޝިޕާ ގުޅޭ އިތުރު މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓާއި ޕޯޓަލް މެދުވެރިކޮށް ލިބޭނެ ކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
advertisment
ހިޔާލު