ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)ގެ ދަރިވަރުންގެ ސްކޯލާރޝިޕް ސްކީމަށް މި އަހަރު ހޮވުނު ދަރިވަރުންނަށް ސްކޯލާރޝިޕް އެވޯޑް ހަވާލުކޮށްފިއެވެ.
މިއީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކޮންމެ އިންޓޭކެއްގައި އަލަށް ޔުނިވަރސިޓީގެ ކޯސްތަކަށް ވަންނަ ދަރިވަރުންނަށް ޓިއުޝަން ފީ ހިލޭ ސްކޮލަރޝިޕްގެ ފުރުޞަތުތަކެއް ފަހިކޮށްދިނުމަށް ހުޅުވާލެވުނު ސްކޯލާރޝިޕް ސްކީމެކެވެ. އަދި މި ސްކީމަކީ ދިވެހި އަދި ބައިނަލްއަޤްވާމީ ދަރިވަރުންނަށް އައިޔޫއެމް އިން އަލަށް ހުޅުވާލާ މި ފަދަ ފުރަތަމަ ސްކޯލާރޝިޕް ސްކީމެވެ.
އައިޔޫއެމް ދަރިވަރުންގެ ސްކޯލާރޝިޕް ސްކީމްގެ ދަށުން މި އަހަރު 6 ދަރިވަރަކަށް ސްކޮލަރޝިޕް ލިބުނެވެ.
ދަރިވަރުންގެ ސްކޯލާރޝިޕް ސްކީމަށް ހޮވުނު ދަރިވަރުންގެ ތެރެއިން ފަސް ދަރިވަރުން ކިޔަވާނީ މާސްޓަރސް ލެވެލްގެ ކޯސްތަކުގައެވެ. އެއް ދަރިވަރަކު ކިޔަވާނީ ބެޗްލާސް ޑިގްރީއަށެވެ.

ދަރިވަރުންގެ އިތުރުން، މުވައްޒަފުންގެ ފަންނީ އަދި ޢިލްމީ ކުރިއެރުމަށްޓަކައި އައިޔޫއެމް ސްޓަޑީ ގްރާންޓް ސްކޯލާރޝިޕް ސްކީމްގެ ދަށުން ތިން މުވައްޒަފުންނަށް ވެސް ސްކޯލާރޝިޕް އެވޯޑް މިއަދު ވަނީ ހަވާލުކޮށްފައެވެ. އެއީ އިދާރީ ދާއިރާގެ ދެ މުވައްޒަފަކާއި، އެކަޑަމިކް ދާއިރާގެ އެއް މުވައްޒަފެކަށެވެ. މި ތިން ސްޓާފުން ވެސް ފުރިހަމަ ކުރާނީ މާސްޓަރސް ލެވެލްގެ ކޯސްތަކެވެ.

އައިޔޫއެމްގެ ޗެރިޓީ ފަންޑުން ކިޔަވަން ފުރުޞަތު ދިން 26 ދަރިވަރުންގެ ތެރެއިން 16 ދަރިވަރުން ފުރިހަމަ ކުރާނީ މާސްޓަރސް ލެވެލްގެ ކޯސްތަކެއެވެ. 6 ދަރިވަރުން ބެޗްލާސް ޑިގްރީ ފުރިހަމަ ކުރާއިރު، 4 ދަރިވަރުން ކިޔަވާނީ ސެޓްފިކެޓް ލެވެލްގެ ކޯސްތަކުގައެވެ.
advertisment
ހިޔާލު