"ސްޓޫޑެންޓް ލޯން އެޕްލިކޭޝަން" ހުށައެޅުމުގެ ސުންގަޑި އުވާލަނީ

މި އަހަރުން ފެށިގެން ގެންނަ ބަދަލާއެކު ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލާނީ އަހަރު ދުވަހަށް

މަތީ ތަޢުލީމަށް ސަރުކާރުން ދެމުން އަންނަ ސްޓޫޑެންޓް ލޯނަށް އެޕްލިކޭޝަން ހުށައެޅުމުގެ ސުންގަޑި އުވާލަން ނިންމައި، މުޅި އަހަރު ދުވަހުގެ ތެރޭގައި އެޕްލިކޭޝަން ހުށައެޅޭ ގޮތަށް ހަދަން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަތީ ތައުލީމާ ބެހޭ ވަޒީރު، ޑރ. އަލީ ހައިދަރު ވިދާޅުވީ، މި ބަދަލު ގެންނަނީ މި އަހަރު އިއުލާން ކުރާ ސްޓޫޑެންޓް ލޯން ސްކީމާއެކުގައެވެ.

ޑރ. ހައިދަރު ވިދާޅުވީ، އަލަށް ގެންނަ ބަދަލާއެކު ލޯނަށް އެދޭ ދަރިވަރުންނަށް ފަސޭހަތަކެއް ލިބި، ފުރުޞަތު ގެއްލިގެންދާ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ މި ބަދަލު ގެނައުމަށް އެޕްލިކޭޝަން ހުށައަޅަން ޕޯޓަލްއަށް ބަދަލުތަކެއް ގެނެސް އުޞޫލު އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

އީދު ބަންދަށްފަހު، ސްޓޫޑެންޓް ލޯނަށް ހުޅުވާލެވޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް މަތީ ތައުލީމާ ބެހޭ ވުޒާރާއިން އުއްމީދު ކުރެއެވެ.

ސްޓޫޑެންޓް ލޯން، ޝަރީޢާ ކޮމްޕްލަޔަންޓް ލޯނަކަށް ބަދަލުކޮށްފައިވާތީ، ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް ފައިސާއެއް އިތުރަށް ދައްކާކަށް ނުޖެހެއެވެ. އެ ބަދަލު ސަރުކާރުން ގެނައީ މިދިޔަ އަހަރުއެވެ.

"ސްޓޫޑެންޓް ލޯން އެޕްލިކޭޝަން" ހުށައެޅުމުގެ ސުންގަޑި އުވާލުމުން ލޯނަށް އެދި ހުށައަޅަން ޖެހޭ ލިޔެކިޔުންތައް ތަފާތުވާނެ ކަމަށް މަތީ ތައުލީމާބެހޭ ވުޒާރާއިން ބުނެފައިވެއެވެ. އެގޮތުން ލޯނަށް އެދި ހުށައަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނެނީ:

  • ކުރު މުއްދަތެއްގެ ތެރޭގައި ކިޔެވުން ފެށޭގޮތަށް، ކިޔަވައިދޭ މަރުކަޒުން ދޫކޮށްފައި އޮންނަ ޕްލޭސްމަންޓް/ އޮފަރ ލެޓަރ
  • ފުރިހަމަކުރަން ބޭނުންވާ ޕްރޮގްރާމްގެ ފީ ސްޓްރަކްޗަރ. (ލޯނަށް އެދި ހުށަހެޅުން ހުވައިލުމަށް ކުރާ އިޢުލާނުގައި ނުހިމެނޭ ގައުމެއްގައި ކިޔަވަން އެދޭ ނަމަ ޚަރަދު އަޅައިކިޔުމަށް އިޢުލާނުކުރި ގައުމެއްގެ ކިވައިދޭ މަރުކަޒެއްގެ ފީ ސްޓްރަކްޗަރވެސް ހުށަހަޅަން ވާނެ)
  • އެމްކިޔުއޭއިން ދޫކުރާ އިންޓެންޑެޑް ޕްރޮގްރާމް ރެކޮގްނިޝަން ލެޓަރ. މި ލެޓަރ އޮތުމުގެ ބޭނުމަކީ ފުރިހަމަކުރަން ބޭނުންވާ ޕްރޮގްރާމުގެ ސެޓްފިކެޓް އެމްކިޔުއޭ. އިން ވެލިޑޭޓްކުމުގެ ޝަރުޠު ފުރިހަމަވާކަން ކަށަވަރުކުރުން.
  • މަސައްކަތްކުރުމަށް ރެގިޔުލޭޓަރީ އޮތޯރީއަކުން ހުއްދަދޭ ދާއިރާއަކުން ކިޔަވާނަމަ، އެ ފުރިހަމަކުރާ ޕްރޮގްރާމަކީ އެ އޮތޯރިޓީން ހުއްދަ ދޭ ޕްރޮގްރާމެއްކަން އަންގައިދޭ ލިޔުން.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *