މިދިޔަ އަހަރު ބޭއްވި ކެމްބްރިޖް އޯ ލެވެލް އިމްތިޙާނުގައި އައުޓްސްޓޭންޑިންގ ލަރނާސް އެވޯޑް ޖަމާލުއްދީން ސްކޫލުގެ 9 ދަރިވަރުންނަށް ލިބިއްޖެއެވެ.
ލަރނާސް އެވޯޑް ލިބުނު ޖަމާލުއްދީނުގެ 9 ދަރިވަރުންގެ ތެރެއިން 8 ދަރިވަރުންނަށް ލިބުނީ ސެކަންޑް ލޭންގްއޭޖް ގޮތުގައި އިނގިރޭސި މާއްދާއިންނެވެ. ދެން އެ އެވޯޑް ލިބުނީ އިކޮނޮމިކްސް މާއްދާއިން ރާއްޖެއިން އެއްވަނައެވެ.
ޖަމާލުއްދީން ސްކޫލުގެ ފާތިމަތު ސާރާ ނަޛީރު ވަނީ، އިސްލާމް މާއްދާއިން ރާއްޖެއިން އެއްވަނަ ވެސް ހޯދާފައެވެ.
ޖަމާލުއްދީން ސްކޫލުން ބުނީ، އެ ސްކޫލުގެ ކާމިޔާބީގައި މުދައްރިސުންނާއި ދަރިވަރުންނާއި އަދި ބެލެނިވެރިންގެ ހިއްސާ ބޮޑުކަމަށެވެ.
މިދިޔަ އަހަރު އެ ސްކޫލުން 193 ދަރިވަރުން ކެމްބްރިޖްގެ އޯލެވެލްގައި ބައިވެރިވިއެވެ. އޭގެ ތެރެއިން 57 ދަރިވަރުން ޤައުމީ ގަދަ 10ގައި ހިމެނިފައިވެއެވެ.
ލަރނާސް އެވޯޑް ހޯދި ޖަމާލުއްދީން ސްކޫލުގެ ދަރިވަރުން:
ހަސަން ނާޖިހު ނަޖުމީ- އިނގިރޭސި މާއްދާއިން ދުނިޔެއިން އެއްވަނަ
އަނާން ބިންތި މުޙައްމަދު ނިޔާޒު- އިނގިރޭސި މާއްދާއިން ދުނިޔެއިން އެއްވަނަ
ޙައްވާ ރާޔާ އަޙްމަދު- އިނގިރޭސި މާއްދާއިން ދުނިޔެއިން އެއްވަނަ
ފާތިމަތު ތަނާލް ޒިޔާދު- އިނގިރޭސި މާއްދާއިން ދުނިޔެއިން އެއްވަނަ
ފާތިމަތު ސާރާ ނަޛީރު- އިނގިރޭސި މާއްދާއިން ދުނިޔެއިން އެއްވަނަ، އިސްލާމް މާއްދާއިން ރާއްޖެއިން އެއްވަނަ
ޒާރާ ހަސަން ވަހީދު- އިނގިރޭސި މާއްދާއިން ދުނިޔެއިން އެއްވަނަ
ޔަލްސަން އަޙްމަދު ރިޒާ- އިކޮނޮމިކްސް އިން ރާއްޖެއިން އެއްވަނަ
އައިޝަތު ޝަމްހާ ފާރޫޤު- އިނގިރޭސި މާއްދާއިން ދުނިޔެއިން އެއްވަނަ
އައިޝަތު ލިވާ ފަޒީލް- އިނގިރޭސި މާއްދާއިން ދުނިޔެއިން އެއްވަނަ
advertisment
ހިޔާލު