13 އަހަރާއި 16 ދެމެދުގެ ފިރިހެން ކުދިންނަށް ޤުރްއާން ޚަތިމްކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ނިންމައިފިއެވެ.
އެ މަރުކަޒުން ބުނީ، މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަރުޠަކީ:
- ޢުމުރުން 13 އަހަރާއި 16 ދެމެދުގެ ފިރިހެން ކުއްޖަކަށްވުން.
- ފަރިތަކަމާއެކު ކީރިތި ޤުރްއާން ބަލައިގެން ކިޔަވަން އެނގުން.
ކިޔެވުން ކުރިއަށްދަނީ ތިން މިސްކިތެއްގައެވެ. މާލޭގައި މި ޕްރޮގްރާމް ކުރިއަށް ގެންދަނީ މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން، އާއި ސަލްމާނު ރަސްގެފާނު މިސްކިތުގައެވެ. ހުޅުމާލެ ފޭސް 2ގައި މި ޕްރޮގްރާމް ކުރިއަށް ގެންދަނީ މަސްޖިދު ޙަސަން އާދަމްގައެވެ.
ކިޔެވުން އޮންނާނީ:
- 18 ފެބުރުވަރީ 2026 – 26 ފެބުރުވަރީ 2026
14:15 އިން ފެށިގެން ދޮޅުގަޑިއިރު.
- 27 ފެބުރުވަރީ 2026 – 19 މާރިޗު 2026
10:00 އިން ފެށިގެން ދޮޅުގަޑިއިރު.
- ހުކުރު ދުވަސް އަދި ހޮނިހިރު ދުވަސް.
9:00 އިން ފެށިގެން ދޮޅުގަޑިއިރު.
ޤުރްއާން ޚަތިމްކުރުމުގެ ޕްރޮގްރާމުގައި ކަނޑައަޅާފައި ވަނީ 60 ޖާގައެވެ. އެއީ ކޮންމެ މިސްކިތަކަށް 20 ޖާގައެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 17 ފެބުރުވަރީ 2026 ގެ 13:00 ގެ ކުރިން ގޫގުލް ފޯމް ފުރިހަމަކޮށް ހުށައެޅުމަށް ޤުރްއާނާ ބެހޭ މަރުކަޒުން އިލްތިމާސް ކުރެއެވެ.
advertisment
ހިޔާލު