އިޓަލީ އެމްބަސީއާއި އެމްއެންޔޫއާ ގުޅިގެން ކަނޑުގެ ދިރުންތައް ދައްކާލަދޭ "ސައުންޑްސްކޭޕް"އެއް

އިޓަލީ އެމްބަސީއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އާ ގުޅިގެން ކަނޑުގެ ދިރުންތައް ދައްކާލަދޭ "ސައުންޑްސްކޭޕް" އެއް ބާއްވައިފިއެވެ.

އިޓަލީގެ މަޝްހޫރު މިއުޒިކް ކޮންޒަވޭޓްރީތައް ކަމަށްވާ ޕަލާމޯ، ސަސާރީ، އަދި ޓްރަޕާނީ ގުޅިގެން "ދަ ފްލެޖިލިޓީ އެންޑް ބިއުޓީ އޮފް މެރިން އިކޮސިސްޓަމް" ގެ ނަމުގައި ކަނޑުގެ ދިރުންތައް ދައްކާލައިދޭ "ސައުންޑްސްކޭޕް" ފެށުމުގެ ރަސްމިއްޔާތު އޮތީ ފެބުރުވަރީ މަހުގެ 14 ވަނަ ދުވަބުގެ ހެނދުނު 11:30 އިން މެންދުރުފަހު 2:00 އަށް، އެމް.އެން.ޔޫގެ އޭ-ބްލޮކް އޮޑިޓޯރިއަމްގައެވެ. މި ހަރަކާތް އާންމުންނަށް ހުޅުވާލީ މިއަދު ހެނދުނު 10:00 އިން 11:30 އަށެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށްގެންދާ މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ، ފަންނިއްޔާތާއި މިއުޒިކު ވަސީލަތްތަކުގެ އެހީގައި ތިމާވެށްޓާއިމެދު ދިވެހިންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމެވެ. ސައުންޑްސްކޭޕް މެދުވެރިކޮށް ރާއްޖެފަދަ ޖަޒީރާ ގައުމަކަށް، ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމުގެ މުހިންމުކަން ބައިވެރިންނަށް އިހުސާސްކުރެވިގެންދާނެއެވެ. އިޓަލީއާއި ދިވެހިރާއްޖެއާ ދެމެދު އުފެދިފައިވާ ބަދަހި ސަގާފީ ގުޅުން ރަމްޒުކޮށްދޭ މި ހަރަކާތުން، ދެމެހެއްޓެނިވި ތަރައްގީއާއި، ތައުލީމާއި، ފަންނީ ދާއިރާ އިތުރަށް ފުޅާކުރުމަށްޓަކައި ދެޤައުމުން ކުރަމުންދާ މިންނެތް މަސައްކަތް ހާމަވެގެންދާ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *