ސީއެޗްއެސްއީގެ އިސްލާމް މުދައްރިސް ސުއޫދު މުހައްމަދުފުޅު ކުއްލި ގޮތަކަށް ނިޔާވެއްޖެ. އޭނާ ނިޔާވީ ނިދާފައި އޮއްވައި ނޭވާ ލާން އުނދަގޫތަކެއް ވެގެން ހޮސްޕިޓަލަށް ގެންދިޔަތާ މާ ގިނައިރުތަކެއް ނުވަނީހެވެ. ނިޔާވިއިރު އުމުރަކީ 52 އަހަރެވެ.
މުދައްރިސެއްގެ ގޮތުގައި ސުއޫދު ވަނީ 22 އަހަރު ހޭދަކޮށްފައެވެ. އޭގެ ތެރެއިން އެންމެ ގިނަ ދުވަހު މަސައްކަތް ކުރީ ސީއެޗްއެސްއީގައެވެ.
ސީއެޗްއެސްއީގެ އިތުރުން އިސްލާމިކް ޔުނިވާސިޓީގެ ޕާޓް ޓައިމް ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރަމުން ގެންދިޔަ ސުއޫދު އިއްޔެވެސް މަސައްކަތަށް ނުކުތެވެ.
ސީއެޗްއެސްއީގެ އިސްލާމް ޑިޕާޓްމަންޓްގެ ހެޑް އިބްރާހިމް ޒުހައިރު ވިދާޅުވީ ސުއޫދަކީ ދަރިވަރުންނާއި މުދައްރިސުންނާއެކު ގާތް ގުޅުމެއް ބޭއްވި މުދައްރިސެއް ކަމަށާއި، ގެއްލިގެން ދިޔައީ ގާބިލް ތައުލީމީ މުދައްރިސެއް ކަމަށެވެ.
" ކުދިންދެކެ ވަރަށް ލޯބިވާނެ. އިލްމަށް ލޯބިކުރި، އިސްލާމިކް ނޮލެޖް މުއްސަނދި ބޭފުޅެއް އެއީ" ސުއޫދުއާ ގުޅޭ ގޮތުން ޒުހައިރު ވިދާޅުވިއެވެ.
advertisment
ހިޔާލު