ކެމްބްރިޖް ލަރނާސް 4 އެވޯޑް ބްރައިޓްވޭގެ ދަރިވަރުންނަށް

ހުޅުމާލޭގައި ހުންނަ ބްރައިޓްވޭގެ އިންޓަރނޭޝަނަލް ސްކޫލުގެ ތިން ދަރިވަރުންނަށް އައުޓްސްޓޭންޑިންގ ކެމްބްރިޖް ލަރނާސް 4 އެވޯޑް ލިބިއްޖެއެވެ.

ކެމްބްރިޖް ލަރނާސް އެވޯޑް ބްރައިޓްވޭގެ ތިން ދަރިވަރުންނަށް ލިބުނީ ހަތަރު މާއްދާއިންނެވެ. ސެކަންޑް ލެންގުއޭޖްގެ ގޮތުގައި އިނގިރޭސި މާއްދާއިން އެއްވަނަ އަދި ޖޯގްރަފީން ރާއްޖެއިން އެއްވަނަ އެއް ދަރިވަރަކު ހޯދާފައިވެއެވެ. ހިސްޓްރީން ރާއްޖެއިން އެއްވަނަ އެއް ދަރިވަރަކު ހޯދާފައިވާއިރު، ގްލޯބަލް ޕާސްޕެކްޓިވްއިން ހައިއެޗީވްމަންޓް އެއް ދަރިވަރަކު ހޯދާފައިވެއެވެ.

ކެމްބްރިޖް ލަރނާސް އެވޯޑް ލިބުނު ބްރައިޓްވޭގެ ދަރިވަރުން:

  • މަރިޔަމް އީޝަލް އިހުސާން- ސެކަންޑް ލެންގުއޭޖްގެ ގޮތުގައި އިނގިރޭސި މާއްދާއިން އެއްވަނަ އަދި ޖޯގްރަފީން ރާއްޖެއިން އެއްވަނަ
  • ޔަޒާން އަބްދުﷲ ސާއިދު- ހިސްޓްރީން ރާއްޖެއިން އެއްވަނަ
  • އައިޝަތު ޖަނާ މުޙައްމަދު ޖިނާޙު- ހައިއެޗީވްމަންޓް- ގްލޯބަލް ޕާސްޕެކްޓިވް

ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލަކީ ސިންގަޕޫރުގެ މުޤައްރަރަށް ރާއްޖޭގައި ކިޔަވައިދޭ ސްކޫލެކެވެ. ފައުންޑޭޝަނުން ފެށިގެން 10އާ ހަމައަށް ކިޔަވައިދޭ އެ ސްކޫލުގެ ދަރިވަރުން އަންނަނީ ގުރޭޑް 6 ނިންމާ ދަރިވަރުންނަށް ސިންގަޕޫރުން ދޭ މިޑްލް ސްކޫލް އިމްތިހާނުގައި ބައިވެރިވަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *