މަޖީދިއްޔާ ސްކޫލުގެ ހަތަރު ދަރިވަރުންނަށް ކެމްބްރިޖް ލަރނަރސް އެވޯޑް ލިބިއްޖެއެވެ.
މަޖީދިއްޔާ ސްކޫލުގެ ހަތަރު ދަރިވަރުންނަށް ކެމްބްރިޖް ލަރނަރސް އެވޯޑް ލިބިއްޖެއެވެ.
ކެމްބްރިޖް ލަރނާސް އެވޯޑް ލިބުނު ހަތަރު ކުދިންގެ ތެރެއިން ދެ ކުދިންނަށް ލިބުނީ ސެކަންޑް ލެންގުއޭޖްގެ ގޮތުގައި އިނގިރޭސި މާއްދާއިންނެވެ. ދެން ލިބުނީ ޓްރެވަލް ޓޫރިޒަމުން ދުނިޔޭގެ ފަސްވަނަ އާއި އާޓް އެންޑް ޑިޒައިނުން ރާއްޖެއިން އެއްވަނައެވެ.
ކެމްބްރިޖް ލަރނާސް އެވޯޑް ލިބުނު މަޖީދިއްޔާގެ ދަރިވަރުން:
* މުޙައްމަދު މީކާއީލް އަޙްމަދު ޝަރީފު- އާޓް އެންޑް ޑިޒައިނުން ރާއްޖެއިން އެއްވަނަ
* ހަމްނާ އަޙްމަދު – ސެކަންޑް ލެންގުއޭޖްގެ ގޮތުގައި އިނގިރޭސި މާއްދާއިން އެއްވަނަ
* މުޙައްމަދު އިޒްޔާން ހަސަން – ސެކަންޑް ލެންގުއޭޖްގެ ގޮތުގައި އިނގިރޭސި މާއްދާއިން އެއްވަނަ
* މައިހާ އިބްރާހިމް އިޔާޒު- ޓްރެވަލް އެންޑް ޓޫރިޒަމުން ދުނިޔެއިން ފަސް ވަނަ
މާޖީދިއްޔާއަކީ ރާއްޖޭގެ އެންމެ ދުވަސްވީ ސްކޫލެވެ. އެ ސްކޫލުގައި މިހާރު 1500 އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު