ރެހެންދި ސްކޫލުގެ ފަސް ދަރިވަރުންނަށް ކެމްބްރިޖް ލާރނަރސް އެވޯޑް

ރެހެންދި ސްކޫލުގެ ފަސް ދަރިވަރުންނަށް ކެމްބްރިޖް ލާރނަރސް އެވޯޑް ލިބިއްޖެއެވެ.

އެ ސްކޫލުގެ ތިން ދަރިވަރުންނަށް އިނގިރޭސި މާއްދާއިން ކެމްބްރިޖް ލާރނަރސް އެވޯޑް ލިބިފައިވެއެވެ. އޭގެ އިތުރުން ހިސާބުން އެއް ދަރިވަރަކަށް މެރިންސައިންސްއިން ދެ ދަރިވަރަކަށް ކޮމްޕިއުޓަރ ސައިންސްއިން އެއް ދަރިވަރަކަށް އެވޯޑް ލިބިފައިވެއެވެ.

އެވޯޑް ލިބުނު ދަރިވަރުން:

  • މުޙައްމަދު ޖަޒްލާން ޖަމީލު- ހިސާބުން އެއްވަނަ މެރިންސައިންސް 8ވަނަ
  • އައިޝަތު އަމްނާ ބިންތި އިފްތިހާރު ހިލްމީ- އިނގިރޭސި )ސެކަންޑް ލެންގުއޭޖް(
  • މުޙައްމަދު މިޝާލް ޙަސަން- އިނގިރޭސި )ސެކަންޑް ލެންގުއޭޖް(
  • އަލީ މާކިން މަޙްމޫދު- އިނގިރޭސި )ސެކަންޑް ލެންގުއޭޖް(
  • ޔޫސުފު މުޙައްމަދު އަބްދުއްލަތީފު- މެރިންސައިންސް އިން 6ވަނަ އަދި ކޮމްޕިއުޓަރ ސައިންސްއިން ރާއްޖެއިން އެއްވަނަ

ރެހެންދި ސްކޫލުގެ 36 ދަރިވަރުން އޯލެވެލްގެ ޤައުމީ ގަދަ 10ގައި ހިމެނިފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *