މެރިން އެކްސްޕޯގައި ކަނޑުދަތުރުފަތުރުގެ ދާއިރާއާ ގުޅުން ހުރި މުހިންމު މަޢުލޫމާތު އެލައިޑުން ފޯރުކޮށްދީފި

މޯލްޑިވްސް މެރިން އެކްސްޕޯގެ އޮފިޝަލް އިންޝުއަރަންސް ޕާޓްނަރަކީ އެލައިޑް އިންޝުއަރަންސެވެ.

އެލައިޑުން ވަނީ، މެރިން އިންޑަސްޓްރީއަށް ޙާއްސަކޮށް، މެރިން ހަލް ޕްރޮމޯޝަނަކާއި މިދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ބޭނުންވާ މުހިންމު މަޢުލޫމާތުތަކެއް ވަނީ ހިއްސާކޮށްފައެވެ.

2014 ވަނަ އަހަރުން ފެށިގެން އެލައިޑުން އަންނަނީ މެރިން އެކްސްޕޯގައި ބައިވެރިވެ ކަނޑުދަތުރުފަތުރުގެ ދާއިރާއާ ގުޅުން ހުރި އިންޝުއަރެންސާ ބެހޭ މައުލޫމާތު ފޯރުކޮށްދީ އެ ދާއިރާއަށް މީހުން ހޭލުންތެރި ކުރަމުންނެވެ.

އެލައިޑުން ދެކޭގޮތުގައި މި އެކްސްޕޯގައި ބައިވެރިވުމުގެ މައިގަނޑު މަޤްޞަދަކީ ޑައިވް ސްކޫލްތަކާއި، ވޯޓާ ސްޕޯޓްސް ސެންޓަރުތަކާއި، އުޅަނދުފަހަރު ބަންނަ ފަރާތްތަކުގެ އިތުރުން މި ދާއިރާގެ އެކި ވިޔަފާރިތަކަށް ބޭނުންވާ އިންޝުއަރަންސް ޕްރޮޑަކްޓްތަކުގެ މަޢުލޫމާތު އެބޭފުޅުންނަށް ހިއްސާކޮށް، މިކަމުގެ މުހިންމުކަށް މި ފަރާތްތަކައް އަންގައިދިނުމެވެ. އަދި މީގެ އިތުރުން އެލައިޑްގެ އިސްލާމިކް ވިންޑޯ، އެލައިޑް ތަކާފުލް ޕްލޭންތަކުގެ މަޢުލޫމާތު ވެސް މިއެކްސްޕޯގައި އެލައިޑުން ވަނީ ފޯރުކޮށްދީފައެވެ.

މެރިން އެކްސްޕޯއާ ދިމާކޮށް އެލައިޑުން ވަނީ މެރިން ހަލް އިންޝުއަރަންސް ނުވަތަ މެރިން ހަލް ތަކާފުލް އަލަށް ނަގާ ފަރާތްތަކަށް އަމާޒުކޮށްގެންޚާއްޞަ ޕްރޮމޯޝަނެއްވެސް ހިންގާފައެވެ. ޕްރޮމޯޝަނުގެ ދަށުން ގުރުއަތުން ހޮވުނު ތިން ފަރާތަކަށް، 8,000 ރުފިޔާގެ ޑިސްކައުންޓް ވައުޗަރ ވަނީ ހަވާލުކޮށްފައެވެ. މެރިން އެކްސްޕޯއާއި ކުރިއަށްދިޔަ މި ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވާފައިވަނީ، އެކްސްޕޯ ނިންމުމަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުނު ރަސްމިއްޔާތުގައެވެ.

މިޕްރޮމޯޝަންގެ އިތުރުންވެސް އެލައިޑުގެ ސްޓޯލަށް ޒިޔާރަތް ކޮށް، ސްޓޯލުގައި ކުރިއަށްގެންދެވުނު އިތުރު ހަރަކާތްތަކުގައި ބައިވެރިވި ފަރާތްތަކަށް އެލައިޑުން ވަނީ ހާއްސަ ހަދިޔާތަކެއްވެސް ދީފައެވެ.

މިފަދަ އެކްސްޕޯތަކުގައި އެލައިޑުން ބައިވެރިވުމަކީ، ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު އިންޝުއަރަންސްގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މި ކުންފުނިން ދެމުންގެންދާ އަހައްމިއްޔަތު ހާމަވެގެންދާ ކަމެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *