ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީއެޗްޑީ) އިން އެޕްލައިޑް ސައިންސާއި ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީއެޗްޑީ) އިން އިންޖިނިއަރިންގ ދާއިރާއިން ކިޔަވަން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން ވަނީ ހުޅުވާލާފައެވެ.
އެމްއެންޔޫއިން ބުނެފައިވާ ގޮތުގައި، ޕީއެޗްޑީ އަށް އެދި އެޕްލިކޭޝަން ފޯމާއި ސްޓޭޓްމަންޓް އޮފް އިންޓެންޓް ނުވަތަ ޕްރޮޕޯޒަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 26 މާރިޗު 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.
އެމްއެންޔޫއިން ބުނެފައިވާ ގޮތުގައި، އެޕްލައިޑް ސައިންސް ދާއިރާއިން ޕީއެޗްޑީ ހާސިލުކުރުމަށް އެ ޔުނިވަރސިޓީން ކަނޑައަޅާފައިވާ އަށް ދާއިރާތަކުގެ ތެރެއިން ދާއިރާއެއް އިޚްތިޔާރުކުރެވިދާނެއެވެ. އެއީ:
އެންވަޔަރަމަންޓަލް ސައިންސް
- މެރިން ސައިންސް
- އެޕްލައިޑް މެތެމެޓިކްސް
- ޑާޓާ ސައިންސް
- ކެމިސްޓްރީ
- ކޮމްޕިއުޓަރ ސައިންސް
- ފިޒިކްސް
- ބައޮލޮޖީ
އިންޖިނިއަރިންގ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރުމަށް އެ ޔުނިވަރސިޓީން ކަނޑައަޅާފައިވާ އަށް ދާއިރާތަކުގެ ތެރެއިން ދާއިރާއެއް އިޚްތިޔާރުކުރެވިދާނެއެވެ. އެއީ:
- އިލެކްޓްރިކަލް އިންޖިނިއަރިންގ
- މެކޭނިކަލް އިންޖިނިއަރިންގ
- އެންވަޔަރަމަންޓަލް އިންޖިނިއަރިންގ
- ކޮމްޕިއުޓަރ އިންޖިނިއަރިންގ
- ކެމިކަލް އިންޖިނިއަރިންގ
ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު studentservices@mnu.edu.mv އަށް މެއިލް ކުރެއްވުމުން އަދި 1445 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.
ކޯހާ ބެހޭ އިތުރު މަޢުލޫމާތު ޔުނިވަރސިޓީގެ ވެބްސައިޓް އިން ލިބެން ހުންނާނެއެވެ. ސްޓޭޓްމަންޓް އޮފް އިންޓެންޓް ނުވަތަ ޕްރޮޕޯޒަލް ތައްޔާރުކުރުމާގުޅޭ މަޢުލޫމާތު އޮޅުންފިލުވުމަށް ގުޅުއްވާނީ އަލްފާޟިލް އާދަމް ޚާލިދު (ފޯން: 3345455، އީމެއިލް: fest@mnu.edu.mv) އަށެވެ.
advertisment
ހިޔާލު