އެމްއެންޔޫ މެރަތަން އެކްސްޕޯގެ ތެރެއިން ބިބް ހަވާލުކުރަނީ

އެކްސްޕޯ ކުރިއަށް ދާނީ މިމަހު 11އާއި 12 ވަނަ ދުވަހު

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން މި މަހު 13 ވަނަ ދުވަހު ބާއްވާ ގެ މެރަތަންގެ ބިބް ހަވާކުރަން އެކްސްޕޯއެއް މިމަހު 11އާއި 12 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

މި އެކްސްޕޯ ކުރިއަށް ދާނީ ކޮންމެ ދުވަހެއްގެ މެންދުރުފަހު 13:00ން ރޭގަނޑު 22:00އަށެވެ.

މި އެކްސްޕޯ ފަރުމާކޮށްފައި ވަނީ ބިބް ނަގަން އަންނަ ދުވުންތެރިން ކިއުގައި މަޑުކޮށްގެން ތިބުމުގެ ބަދަލުގައި އެކްސްޕޯގެ އެކި ސްޓޯލްތަކަށް ޒިޔާރަތްކޮށް ފޫހިކަމެއް ނެތި ވަގުތުގެ ބޭނުން ހިފޭނޭ ފަދަ ފޯރިގަދަ ގޮތަކަށެވެ. މި އެކްސްޕޯގައި ހިމެނޭ ސްޓޯލްތަކަށް ޒިޔާރަތްކުރުމުގެ ފުރުޞަތު މެރަތަންގެ ބައިވެރިންގެ އިތުރުން އާންމު ރައްޔިތުންނަށް ވެސް އޮންނާނެއެވެ.

އެކްސްޕޯގެ ސްޓޯލްތަކުން ކާބޯތަކެތީގެ ތަފާތު އުފެއްދުންތައް ލިބެން ހުންނާނެއެވެ. އޭގެތެރޭގައި ދިވެހި އަމިއްލަ ބްރޭންޑް ތަކުގެ އުފެއްދުންތައް ވެސް ލިބެން ހުންނާނެއެވެ.

އެމްއެންޔޫ މެރަތަން ފަރުމާކޮށްފައި ވަނީ، ތަފާތު ދުވުންތަކުގެ ކެޓަގަރީތައް ހިމެނޭހެން ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ބައިވެރިވެވޭ ގޮތަށެވެ.

އެމްއެންޔޫ މެރަތަންގެ މަޤްޞަދަކީ ހަމައެކަނި ވާދަވެރި ދުވުމެއް ބޭއްވުމެއް ނޫނެވެ. މީގެ ބަދަލުގައި އެމްއެންޔޫގެ ދަރިވަރުންނާއި ސްޓާފުންގެ އިތުރުން މުޅިރާއްޖޭގައި ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމުގެ ސަޤާފަތެއް ބިނާކޮށް އާލާކުރުމަށްޓަކައި ކުރިއަށް ގެންދާ މުހިންމު އިޖްތިމާއީ ހަރަކާތެކެވެ.

މިއީ އެންއެންޔޫ މެރަތަން ބާއްވާ ދެވަނަ އަހަރެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *