5 އަހަރަށްފަހު، އަމިއްލަ ކެންޑިޑޭޓުންނަށް މޭ/ޖޫންގައި އޭލެވެލް އިމްތިޙާނު ބާއްވަނީ

އޭލެވެލް އެޑެކްސެލްގެ މޭ/ޖޫން ސީރީޒްގެ އިމްތިޙާނުތައް އަމިއްލަ ކެންޑިޑޭޓުންނަށް ބާއްވަން ނިންމައި އެކަން އެޑިޔުކޭޝަން މިނިސްޓްރީން މިއަދު އިއުލާން ކޮށްފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި، ދިވެހިރާއްޖޭގައި އޭލެވެލް އެޑެކްސެލްގެ މޭ/ޖޫން އިމްތިޙާނު ދިނުން ވަނީ ހުއްޓާލާފައި ވަނީ 2020 އަހަރުން ފެށިގެންނެއެވެ. ދިވެހިރާއްޖޭގައި އެޑެކްސެލްގެ މޭ/ޖޫން އިމްތިޙާނު ދިނުން ހުއްޓާލުމާ ގުޅިގެން މި އިމްތިޙާނު ހަދަން ބޭނުންވާ ކެންޑިޑޭޓުން ރާއްޖެއިން ބޭރަށް ދަތުރުކުރުމާއި ހުރުމުޔގެ ޚަރަދަށް އެކަނި ވެސް އެވްރެޖްކޮށް 30،000 ރުފިޔާ ޚަރަދުވާކަން ފާއިތުވެދިޔަ އަހަރުތަކުގެ ތަފާސް ހިސާބުތަކުން އެ މިނިސްޓްރީއަށް ވަނީ ފާހަގަކުރެވިފަވެއެވެ.

މިކަމަށް ހައްލެއް ހޯދައިދނުމުގެ ގޮތުން ޕްރައިވެޓް ކެންޑިޑޭޓުންގެ ގޮތުގައި އޭލެވެލް އެޑެކްސެލްގެ މާއްދާތަކުގައި ބައިވެރިވާން ބޭނުންވާ ކެންޑިޑޭޓުންނަށް މި އަހަރުން ފެށިގެން އޭލެވެލް އެޑެކްސެލް މޭ/ޖޫން ސީރީޒްގައި އިމްތިޙާނުތައް ރާއްޖޭގައި އަލުން ބާއްވާގޮތަށް ނިންމާފައިވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އޭލެވެލް އެޑެކްސެލް މޭ/ނޫން ސީރީސްއާ ގުޅޭ މައުލޫމާތު ފެބުރުވަރީ 4ވަނަ ދުވަހުން ފެށިގެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން އާންމުކޮށްކުރަމުން ގެންދާނެ ކަމަށާއި އެޑެކްސެލް މޭ/ޖޫން ސީރީސް ރާއްޖޭގައި އަލުން ފެށިނަމަވެސް ސްކޫލް ދަރިވަރުންގެ އޭލެވެލް އިމްތިޙާނު މިހާރެލޭ އެއްގޮތަށް އޮންނާނީ އޮކްޓޯބަރު/ ނޮވެމްބަރުގައި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *