މުވައްޒަފުންގެ އަގުވަޒަންކޮށް ފުރަތަމަ ފަހަރަށް އެމްއެންޔޫއިން އެވޯޑް ދީފި

ލައިފްޓައިމް އެކްސަލަންސް އެވޯޑް ކުރީގެ ޗާންސެލަރު ޑރ. ހަސަން ހަމީދަށް

ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑް ދީފިއެވެ.

މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން ބޭއްވި ހަފުލާގައި 317 އެވޯޑް 216 ފަރާތަކަށް ދީފައިވެއެވެ. ޔުނިވަރސިޓީއަކަށް ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައި، އަދި އޭގެ ފަހުން ވެސް ގިނަ ޚިދުމަތްތަކެއް ޗާންސެލަރެއްގެ ހައިސިއްޔަތުން ކުރައްވާފައިވާ ޑރ. ޙަސަން ޙަމީދަށް، ލައިފްޓައިމް ޑިސްޓިންގުއިޝްޑް އެކްސެލެންސް އެވޯޑް ވަނީ އަރުވާފައެވެ.

މުހިންމު އިތުރު އެވޯޑްތަކެއް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ މުވައްޒަފުންނަށް އަރުވާފައިވެއެވެ.

އެމްއެންޔޫގެ ސްޓާފްނައިޓްގެ މުހިންމު އެވޯޑްތައް:

ޓީޗިން އެކްސެލެންސް އެވޯޑް – އަބްދުالله އަފީފް
ޓީޗިން އިނޮވޭޝަން އެވޯޑް – ޒަމީރު އަހުމަދު
އެންހޭންސިންގ ސްޓޫޑެންޓް އެކްސްޕީރިއަންސް އެވޯޑް – ޑރ. އާމިނަތު ރިޔާޒް
ރިސާޗް ޕަބްލިކޭޝަން އެކްސެލެންސް އެވޯޑް – ޑރ. ކަންނާން ސްބަރަމް
ބެސްޓް އޯވަރޯލް އެކަޑަމިކް އެމްޕްލޯއީ އެވޯޑް – ޑރ. އާމިނަތު ރިޔާޒް
ބެސްޓް އޯވަރޯލް އެޑްމިނިސްޓްރޭޓިވް އެމްޕްލޯއީގެ އެވޯޑް – މަރްޔަމް އަޙްމަދު ދީދީ
ބެސްޓް އޯވަރޯލް ސަޕޯޓް އެމްޕްލޯއީ އެވޯޑް – ހަސަން ގާސިމް
ޔުނިވަރސިޓީ އެވޯޑަށް ނަމޫނާ ޚިދުމަތް – ޑޮކްޓަރ އާސިޔާ އިބްރާހީމް

އެމްއެންޔޫއަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ފަރާތްތަކަށް ވެސް އެވޯޑް ދީފައިވެއެވެ. އެގޮތުން މިހާރު ޚިދުމަތުގައި ތިއްބެވި 286 ފަރާތަކަށް އެވޯޑް ދީފައިވެއެވެ. އެއީ،

10 އަހަރުގެ ޚިދުމަތް: 210 މުވައްޒަފުން
20 އަހަރުގެ ޚިދުމަތް: 66 މުވައްޒަފުން
30 އަހަރު ދުވަހުގެ ޚިދްމަތް: 16 މުވައްޒަފުން

މީގެ ކުރިން ޚިދްމަތް ކުރައްވާފައިވާ މުވައްޒިފުންގެ ތެރެއިން 16 ފަރާތަކަށް އެވޯޑް ދީފައިވެއެވެ. އެއީ،

10 އަހަރުގެ ޚިދުމަތް: 13ފަރާތަކަށް
20 އަހަރުގެ ޚިދުމަތް: 2 ފަރާތަކަށް
30 އަހަރު ޚިދުމަތް ކުރި: 1 ފަރާތަށް

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *